ފުލުހުންގެ ދެއޮފިސަރަކު ސިންގަޕޫރުގަ ބާއްވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށްފުރައިފި

ކިޔުމަށް ހޭދަވާނީ 41ސ
 ފުލުހުންގެ ދެއޮފިސަރަކު ސިންގަޕޫރުގަ ބާއްވާ  ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށްފުރައިފި
ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ ދެއޮފިސަރަކު ސިންގަޕޫރަށް ފުރައިފިއެވެ.

ޔޫއެންއޯޑީސީގެ ފަރާތުން ސިންގަޕޫރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ވޯކްޝޮޕް އޮން ކަރެކްޝަނަލް ރިހެބިލިޓޭޝަން އެންޑް ޔެލޯ ރިބަން ކޮންފަރެންސްގައި ބައިވެރިވުމަށް ސިންގަޕޫރަށް ގޮސްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނިޔާޒްއެވެ. މި ދެފުލުހުންވެސް ސިންގަޕޫރަށް ފުރާފައިވަނީ މިއަދުގެ ވަގުތެއްގަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ސެޕްޓެމްބަރ 4ން 8ށް ސިންގަޕޫރުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި، މުވައްޒަފުން ތަމްރީނު ކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފަވެއެވެ.
މިއަދު އޮންލައިން