ގދ ގެ އެންމެ ކުޑަ ރަށް، ނަޑައްލާ އިން ވެސް އިބޫއަށް ބޮޑު ތަރުޙީބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގދ ގެ އެންމެ ކުޑަ ރަށް، ނަޑައްލާ އިން ވެސް އިބޫއަށް ބޮޑު ތަރުޙީބެއް!
ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) މިއަދު ސައިޒުގެ ގޮތުން ބަލައިފިނަމަ ގދ އަތޮޅުގެ އެންމެ ކުޑަ ރަށް، ނަޑައްލާ އަށް ވަޑައިގަތުމުން ވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެރަށުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އާބާދީ މަދު ނަމަވެސް ގިނަ ނަމަވެސް ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބެންޖެހޭ ޙައްޤު މިންވަރު ނުލިބުމާއި އަދުލު އިންޞާފު ނުލިބުމުގެ މައްސަލަތައް ކަމަށެވެ. މި މައްސަލަތައްކުރިމަތިވަމުން މިދަނީ ސަރުކާރުގެ ތެރޭގައި ވައްކަންކުރުން ގިނަވުމުންނާއި ކޮރަޕްޝަން ޢާންމު ކަމަކަށް ވުމުން ކަމަށެވެ.

އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ދޮރުން ދޮރަށް ހިނގާއިރުވެސް މިކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ކިޔައިދީ ހޭލުންތެރި ކުރުވަން ޖެހިފައިވާ ކަމަށެވެ. މިހާލަތުން ރައްޔިތުން ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ހޭލުންތެރިވެ މިކަންކަމަށް ފައުޅުގައިި ނޫނެކެވެ ބުނުން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުން މިކަން ސާބިތުކޮށްދޭނެކަމަށް ޔަޤީން ކުރައްވާކަމަށާއި އެކަން އެ އަތޮޅުގެ ރަށްތަކަށް ކުރެއްވެވި ދަތުރުފުޅުތަކުންވެސް ފެނިވަޑައިގެންފައިވާކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން