ނަޝްފާއަށް އަނިޔާ ކުރި ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަޝްފާއަށް އަނިޔާ ކުރި ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި
އަންހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރުމުގެ ސަބަބުން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖާގެ ބަންދުގެ މުއްދަތަށް ޖުވެނައިލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ، އާބާދުވަދީ/ ނަޝްފާ ޙަސަން (15އ.) އަށް އަނިޔާކުރި ދެ މީހެކެވެ.

ނަޝްފާއަށް އެމީހުން އަނިޠާކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް އަނިޔާ ކުރަނީ ތިން އަންހެން ކުއްޖެކެވެ.



އެވީޑިއޯ އާންމުވުމާއި ގުޅިގެން ފުލުހުން ވަނީ އެމައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ނަޝްފާ ގެއްލިފައިވާކަން، އެތަހުގީގުގެ ތެރެއިން ފުލުހުންނަށް ހާމަވުމުން، އޭނާ ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނެއްް ވެސް ކޮށްފައިވެއެވެ.

ނަޝްފާ ޙަސަން ފެނިފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އަމިއްލައަށް ހާޒިރުވުމުންނެވެ.
މިއަދު އޮންލައިން