ރަސްމީކޮށް ބްރިޖު ހުޅުވާލެވުމަށްފަހު މިމަހުގެ 23 ގެ ކުރިން ބްރިޖު މަތިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުވަތަ ޓޮލްއެއް ނަގާނެ ކަމަށް ގަބޫލު ނުކުރަށްވާކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްދުﷲ ޔަޒީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް އިން ގެނެސްދިން "ސިނަމާލެ ބްރިޖު ހުވަފެން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އަންނަ ހުކުރު ދުވަހު ބްރިޖު މަތީގައި އާންމު ދަތުރުފަތުރުތައް ކުރުމަށް ހުޅުވާލުމުން އެއްވެސް ފީއެއް ނުދައްކައި ހިލޭ ދަތުރު ކުރަންވީ ކަމަށެވެ.
ޓޮލްއެއް ނެގުމާއި ގުޅިގެން އަދި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާކަމަށާއި މިމަހުގެ ހަތަކާއި ހަމައަށް ބްރިޖު މަތީގައި ދަތުރު ކުރެވޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ޓޮލްއެއް އޮންނާނެކަމަށާއި އަދި ރައްޔިތުންނަށް އެންމެ "ރީޒަނަބަލް ގޮތަކައް" ޓޮލްކަލްކިއުލޭޓް ކުރަމުންދާކަމަށާއި އެންމެ އަގުހެޔޮކޮށް އެކަން ކަނޑައެޅިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 23 ސެޕްޓެމްބަރުގެ ކުރިން އެއްވެސް ރައްޔިތެއްގެ އަތުން ޓޮލްއެއް ނަގާނެކަމަކަށް އެހެންވީމާ މިވަގުތު ކޮންމެހެން އެކަމާ ހާސްވާކަށް ނުޖެހޭ،"
ނަމަވެސް މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ މިޑިއާ ކޮންސަލްޓެންޓް އަހުމަދު ހުސައިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބްރިޖުން ޓޮލް ނެގުމާ ގުޅިގެން ޕީއެސްއެމް ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވެފައި ވަނީ އޭނާގެ އަމިއްލަ ޚިޔާލުފުޅު ކަމަށެވެ. އޭގެއިތުރުން ޓޮލްއާއި ގުޅިގެން ރަސްމީކޮށް ގޮތެއް ނިންމުމަށްފަހު ވަރަށް އަވަހައް އެކަން އާންމު ކުރާނެކަމަށް ފަޒާލް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ ބްރިޖު ގައި ކުރާ ދަތުރުތަކުގެ އަގުތައް އާންމުންނަށް ތަކުލީފަކަށް ނުވާނެކަމަށެވެ.