އާ ގަވަރުނަރުގެ ސޮޔާ އެކު ނެރިފައިވާ 10ރ. އާއި 100ރ. ގެ ނޫޓްތައް ބޭނުންކުރަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
އާ ގަވަރުނަރުގެ ސޮޔާ އެކު ނެރިފައިވާ 10ރ. އާއި 100ރ. ގެ ނޫޓްތައް ބޭނުންކުރަން ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިހާރުގެ ގަވަރުނަރު އަހުމަދު ނަސިރުގެ ސޮޔާއެކު ޗާޕުކޮށްފަވާ ރަންދިހަ ފަހެއް ސީރީސްގައި ހިމެނޭ 10ރ. އަދި 100ރ. ގެ އާ ނޫޓް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މިހާރު ބޭނުންކުރަމުންދާ ރަން ދިހަ ފަހެއް ނޫޓް ސީރީސްގެ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަލަށް ޗާޕުކުރެވިފައިވާ 10ރ. އަދި 100ރ. ގެ އާ ނޫޓްގައި ސޮއިކުރެއްވި ނަސީރު ގަވަރުނަރުގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނައަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުގައި ބޭނުންކުރަން ފެށި ނޫޓުތައް އާޑިޒައިނަކަށް ހަދާފައި ވަނީ ޕޮލިމަރު ކަރުދާހުގައެވެ. އަދި އެ ނޫޓް ސީރީސް ނެރުމަށްފަހު ކުރީގެ ނޫޓުތައްވަނީ އަވާލާފައެވެ.

އެ ދެ ނޫޓުގެ ސްޓޮކް މަދުވުމުން މިދިޔަ ޖުލައި މަހުގެ ފަސްވަނަދުވަހު އެ ނޫޓުތައް އަލުން ޗާޕުކޮށްގެން ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވުނެވެ. މިހާރު ދައުރުވަމުންދާ ފައިސާގެ ތެރެއަށް މިއަދު މެރުނު ނޫޓުތަކުގައި ޖަހާފައި ވަނީ 10 މާރިޗް 2018، 22 ޖުމާދަލްއާޚިރާ 1439 އެވެ.
މިއަދު އޮންލައިން