ރާއްޖެއިން އުމަރާއަށް މީހުންގެންދިއުމަށް ހުއްދައަށް އެދި ހުށަހަޅާއިރު، ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުގެ އުސޫލު އުވާލައިފި އެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ކުރިން އޮތްގޮތަކީ، އުމްރާއަށް ގެންދިއުމަށް ހުއްދައަށް އެދި ހުށަހަޅާ ކުންފުންޔަކުން އެކަމުގެ ޕްރޮޕޯޒަލް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާއިރު ހަތްލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް އެއް އަހަރު ދަވަހުގެ މުއްދަތުގެ ތެރޭގައި ހޯދުމަށްފަހު ހުށަހެޅުމެވެ.
ނަމަވެސް މިއަދު އެ އުސޫލަށް ގެނައި އިސްލާހުގައި، މީހުން އުމްރާއަށް ގެންދިއުމަށް ހުށަހަޅާއިރު ބޭންކް ގެރެންޓީ ހުށަހަޅަންޖެހޭ ބައި އުނިކޮށްފައި ވެއެވެ.
އުމްރާއަށް މީހުން ގެންދިއުމަށް ހުއްދައަށް އެދި ހުށަހަޅާ ކުންފުނި 100 ޕަސެންޓް ދިވެހިން ހިއްސާވަން ޖެހެއެވެ. އެ އުސޫލުގެ ޝަރުތަކުގެ ތެރެއިން އެ ކުންފުނިތަކުގެ ޑިރެކްޓަރެއްގެ މައްޗަށް ޚިޔާނާރުގެ ކުށެއް ސާބިތުވެފައި ނެތުމާެކު އެފަދަ މައްސަލައެއްގައި ކޯޓުގައި މައްސަލައެއް ނުހިނގުން ހިމެނެއެެވެ.