ޑރ. އަފްރާޝީމް މައްސަލައިގަ ޝައިޚް އިލްޔާސްގެ ސުވާލުތަކެއް - ހުމާމް އެކަން ކުރީ ކީއްވެ؟ ސަބަބެއް ނެތި މެރީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑރ. އަފްރާޝީމް މައްސަލައިގަ ޝައިޚް އިލްޔާސްގެ ސުވާލުތަކެއް - ހުމާމް އެކަން ކުރީ ކީއްވެ؟ ސަބަބެއް ނެތި މެރީ ކީއްވެ؟
ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވާ މައްސަލައިގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ސުވާލުތަކެއް އުފައްދަވައިފިއެވެ.

ގުޅިގެން ތިބި ކޯލިޝަނުން މިރޭ ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގައި ޝައިޚް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤް ފުރިހަމަ ނުކުރެވޭ ވާހަކަ ދައްކަވަނީ ގިނަ ސުވާލުތަކަކަށް ޖަވާބު ލިބިވަޑައި ނުގަންނަވާތީ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފްވެފައިވީނަމަވެސް އެމައްސަލައިގައި ޖަވާބު ލިބެން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ެކަން ކުރީ ކީއްވެގެންތޯ؟ ޢާއިލީ ގުޅުމެއް ނުވަތަ ޒާތީ މައްސަލައެއް އޮތީތޯ؟ އެފަދަ މައްސަލައެއް ނެތްނަމަ އެހައި ރަޙުމް ކުޑަ ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ކީއްވެގެންތޯ؟ ފަދަ ސުވާލުތަކަށް ޖަވާބު ބޭނުންފުޅުވާ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މި ވާހަކަތައް ދައްކަވާތީ ހައްޔަރުކުރަން ބޭނުން ނަމަ ހައްޔަރުކުރަންވީ ކަމަށާއި މައްސަލަ ބަލަން ބޭނުން ނަމަ އެކަންވެސް ކުރަންވީ ކަމަށެވެ. "އަޅުގަނޑު ދެއްކި ވާހަކައެއް ދެއްކީ ލައިވްކޮށް. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޑު އިވޭގޮތަށް. އެވާހަކަތައް ބައަކަށް އެކޮޅުކޮޅުން އަޑު އިވޭނަމަ އެއީ އަޅުގަނޑުގެ މައްސަލައެއް ނޫން. އެމީހުންގެ ކަންފަތުގެ މައްސަލައެއް." ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

- ޝައިޚް އިލްޔާސްގެ ވާހަކަފުޅުން (އޯޑިއޯ):
މިއަދު އޮންލައިން