އިބްރާހިމް އާގިލް މަރާ ގުޅިގެން ހޯދާ ޙަމްދޫން ހަމްޒަތު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 46ސ
އިބްރާހިމް އާގިލް މަރާ ގުޅިގެން ހޯދާ ޙަމްދޫން ހަމްޒަތު ހައްޔަރުކޮށްފި
2018 އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި ހޯދަމުންދިޔަ ލ. ފޮނަދޫ، ހިޔާ، ޙަމްދޫން ހަމްޒަތު (18އ) ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދީފައިވާ ގޮތުގައި ޙަމްދޫން ހަމްޒަތު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް އަމިއްލަ އަށް ޙާޟިރުވުމުން ނެވެ.

މިމައްސަލައާ ގުޅިގެން ޙަމްދޫން ހަމްޒަތު ހޯދަން އިޢުލާނުކޮށްފައިވަނީ އިއްޔެއެވެ.

އެނގިފައިވާ ގޮތުގައި އާގިލް މަރާލާފައިވަނީ މާލެ އަތޮޅު ރަށަކަށް އޭނާގެ ލޯބިވެރިޔާއާއި ބައްދަލު ކުރަން ގޮސްފައި އެނބުރި މާލެ އައިތަނުންނެވެ. އެދުވަހު އޭނާ އިން ލޯންޗު އެއް ނަންބަރު ފާލަން ކައިރިއަށް ގާތްކުރި އިރު، އޭނާއަށް ހަމަލާދޭން އެސަރަޙައްދުގައި އެމީހުން ތިބި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން