މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓު ނަމްބަރު އެކަކަށް ވޯޓުދީފިފިނަމަ ހުރިހާ ކަމަކުން އެއްވަނަ ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މިއަދު ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 23 ވަނަ ދުވަހު ދެއްވާ ވޯޓަކީ އެއް ނަމްބަރަށް ދެއްވާ ވޯޓެއް ކަމަށް ވަންޏާ ހުރިހާ ކަމަކުންވެސް އެއް ނަމްބަރު ތިބޭފުޅުންނަށް ލިބިގެންދާނެ ކަމަށާއި އުންމީދީ ހުރިހާ ހުވަފެނެއް ފެންނަނީ ފިޔާތޮށި ކުލައިން ކަމަށެވެ.
"ފިރިހެނަކު ފެނުނަސް ފިޔާތޮށި ކުލައިން. ކަނބަލަކު ފެނުނަސް ފިޔާތޮށި ކުލައިން. ކުކުޅު ބިހެއް ފެނުނަސް ފިޔާތޮށި ކުލައިން. ދޮންކެޔޮވަކެއް ފެނުނަސް ފިޔާތޮށި ކުލައިން. އެހެންވީމަ ދެން އަޅުގަނޑުމެން ކީއްކުރަންތޯ އެހެން ކުލައަކަށް ޖާގަ ދޭންވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އެމްޑީއޭ އަދި ޑީއާރުޕީ ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވިޔަސް ރައްޔިތުން ވޯޓު ދެނީ ތަރައްގީއަށް ކަމަށެވެ.
ކުޑަހުވަދީގައި ވިޔަފާރީގެ ސަރަހައްދީ ބަނދަރެއް އަޅުއްވައި ދެއްވާނެ ކަމަށް މިއަދު ރައީސް ޔާމީން ވަނީ ވައުދުވެ ވަޑައިގެންފައެވެ.