މާލޭ މަގުމަތިން އަންހެނެއްގެ އަތްދަބަސް ފޭރުނު މައްސަލައެއް ބަލަށް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 48ސ
މާލޭ މަގުމަތިން އަންހެނެއްގެ އަތްދަބަސް ފޭރުނު މައްސަލައެއް ބަލަށް ފަށައިފި
މާލޭ މަގުމަތިން ދުވަލުގެ ވަގުތެއްގައި އެކަނި ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސައިކަލެއްގައި މަގުމަތިން ދިޔަ އަންހެނެއްގެ އަތްދަބަސް، އެހެން ސައިކަލަކުން ދިޔަ ދެ ފިރިހެނަކު ފޭރިގެން ގެންގޮސްފައިވާ މައްސަލައެއް ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.

މީގެއިތުރުން މިކަމާއިބެހޭ އެއްވެސް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށާއި، ނަމަވެސް މިކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް ވެސް ފުލުހުންގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެއަންހެން މީހާގެ އަތުން އަތްދަބަސް ފޭރިގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ހަލުވި ކަމާއެކެ ދައުރުވަމުން ގޮސްފައިވާއިރު، މިހާދިސާއަކީ މިދިޔަ ހޮނިހިރު ދުވަހުގެ ދުވާލުގެ ވަގުތެއްގައި ހިނގާފައިވާ ހާދިސާއެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ އެކަނި ސައިކަލު ދުއްވާފައި ދަނިކޮށް، ފަހަތުން އެހެން ސައިކަލެއްގައި އައި ދެ ފިރިހެނަކު އެއަންހެން މީހާ ހުއްޓުވައެވެ. އަދި ވަރަށް ބާރަށް ގޮސް އަންހެންމީހާގެ އަތްދަބަސް ފޭރިގަނެގެން ގެންދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، މިހާދިސާ ހިނގިއިރު، އަންހެން މީހާގެ ސައިކަލު ފަހަތުގައި ސައިކަލެއްގައި އެހެން މީހަކުވެސް އިންތަން ފެނެއެވެ. އަދި މަގުމަތިން އެހެން މީހުން ވެސް ފެނިފައިވެއެވެ. ނަމަވެސް އެމީހާއަށް އެހީތެރިވުމަށް އެކަކުވެސް މަސައްކަތް ކޮށްފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.



އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ފޭރިގަނެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް ގެ ފައިސާ ތެކެކެވެ. މިހާދިސާ ހިނގާފައިވަނީ އެތަނުގެ އަންހެން މުވައްޒިފަފަކު އެފައިސާތައް ހިފައިގެން ބެންކަށް ޖަމާކުރަން ދިޔަ މަގުމަތީގައެވެ. ފޭރިގަތް ފައިސާގެ އަދަދު 19000 ރުފިޔާއަށް އަރާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން