އަރިއަތޮޅު ރައްޔިތުންގެ ރައްދު ޠާރިޤަށް - ލޯބިވާންޖެހޭ މީހާ އާ ކައިވެނި ކުރަން ޖެހޭމީހާ ވެސް އަންގަނީ މިނިސްޓަރުތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
އަރިއަތޮޅު ރައްޔިތުންގެ ރައްދު ޠާރިޤަށް - ލޯބިވާންޖެހޭ މީހާ އާ ކައިވެނި ކުރަން ޖެހޭމީހާ ވެސް އަންގަނީ މިނިސްޓަރުތޯ؟
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް ތާއީދުކުރުން ހުއްޓާލައި ރައީސް ޔާމީނަށް ތާއީދުކުރަން ފެށުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އިއްޔެ އެންގެވުމުން އަރި އަތޮޅުގެ ގިނަ ބައަކު ރުޅިގަދަވެ ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.

ބައެއް މީހުން ބުނެފައިވަނީ ލޯބިވާންވީ މީހުންނާއި ތާއީދުކުރަންވީ މީހުންނާއި އަދި ކައިވެނިކުރަންވީ މީހުން ކަނޑައަޅައި އެންގުމަކީ އެންވަޔަރަންމަންޓުގެ މިނިސްޓަރުގެ މަސްއޫލިއްޔަތެއްކަން އެނގިފައި ނެތް ކަމަށެވެ.



"ރައްޔިތުންގެ ލޯބި އެއީ މީހަކު ބުނީމާ ދޭ އެއްޗެއް ނޫން. ލޯބި ހޯދޭނީ އެކަން ކުރަން އެނގޭ މީހުން އިޚްލާޞްތެރިކަމާއެކު ލޯބި ހޯދަން މަސައްކަތްކުރީމާ. ރައްޔިތުންގެ ލޯތްބާއި ތާއީދަކީ އަތަށް ލައިދޭ ފައިސާ ފޮތްޗަކަށް ވިއްކާ އެއްޗެއް ވެސް ނޫން. ހަރާން ފައިސާ އަތަށް ލީމާ މުސްލިމެއް ނަމަ އެމީހެއްގެ އަތަށް ވާނީ ހޫނު."

"ރައްޔިތުންނަށް ޤާސިމް އިބްރާހީމް އެހީތެރިވެ ދެއްވީ އަމިއްލަފުޅަށް ބުރަ އުފުއްލަވައި މަސައްކަތްޕުޅު ކުރައްވައިގެން ޙަލާލު ފައިސާ ހޯއްދަވައިގެން. އަމިއްލަފުޅު ފައިސާ. ޙަރާމް ގޮތުގައި ގެކޮޅަށް ފައިސާ ވައްދަވައިގެނެއް ނޫން."

"ފިނޭންސް މިނިސްޓަރުކަމާ އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރެއްވި. އެބައޮތްތޯ ރައްޔިތުންގެ އެންމެ ލާރިއެއްވެސް ބޭނުންފުޅު ކުރައްވާފަ؟ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަމިއްލަފުޅު ފައިސާއިން ކޮށްދެއްވުމުގެ އިތުރުން ކޮންމެ ރޯދަ މަހަކު އެހީ ފޮނުއްވީ އެހެން ޤައުމުތަކުން ރައްޔިތުންނަށް ބަހަން ފޮނުވާ ތަކެތީގަ އަމިއްލަފުޅު ނަން ލިޔުއްވާފައެއް ނޫން. ހަމަ ބުރަ މަސައްކަތް ކުރައްވައިގެން ހޯއްދަވާ އަމިއްލަފުޅު ފައިސާ. ﷲ ތަޢާލާ ދެއްވެވީމާ ﷲ ތަޢާލާ އެންގެވި ގޮތުގަ ހޭދަ ކުރެއްވެވީ. އެއީ ނޫންތޯ މުސްލިމުންގެ ގޮތަކީ؟ އިޚްލާޞްތެރިންގެ ގޮތަކީ؟" މިފަދަ އެތައް ޝުޢޫރުތަކެއް ރައްޔިތުން ގެންދަނީ ފައުޅުކުރުމުންނެވެ.

މާމިގިލީގައި އިއްޔެ ވަނީ ޤާސިމް އިބްރާހީމަށާއި ކޯލިޝަނަށް ތާއީދު އޮތް މިންވަރު އަންގައިލުމުގެ ގޮތުން ވަރަށް ބޮޑު ހިނގާލުމެއް ބާއްވައި ޝުޢޫރު ފައުޅުކޮށްފައެވެ.

މިއަދު އޮންލައިން