މިއަދު އިސްލާމިކް މިނިސްޓްރީއިން މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުންފެށިގެން އަންނަ ބުރާސްފަތި ދަވަހުގެ ނިޔަލަށް ޒަކާތް ބެހުމުގެ ކަންތައް ކުރިއަށް ދާނެކަމަށެވެ. އެގޮތުން އެދުވަހާ ހަމައަށް ހެންދުނު 9:00 އިން ހަވީރު 3:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ކޫކުރާނެ ކަމަށް ބުނެފައި ވެއެވެ.
މާލެ، އައްޑޫ، ފުވައްމުލައް އަދި ގދ. ތިނަދޫއިން 3302 ފަގީރުންނަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައި ވާކަމަށް އެ އިއުލާނުގައި ވެއެވެ. އެގެ އިތުރުން އެހެން ރަށްރަށުން ޖުމްލަ 9992 ަފގީރުންނަށް ޒަކާތް ބެހިގެން ދާނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މީހަކަށް 1000 ރުފިޔާގެ ރޭޓުން ޒަކާތް ބެހުމަށް ހަމަޖެހިފައި ވާއިރު އެ ރަށެއްގައި ފަގީރުންގެ ނިސްބަތް ބެލުމަށްފަހު ޒަކާތުގެ ފައިސާ ފޮނުވަފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވަނީ ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރުމާ އެކު އެއަށް އަހަރެއް ފުރުމުން ނެވެ. އެގޮތުން އޭގެއިން ޒަކާތް ނެރެން ޖެހެނީ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް އެވެ.