ގެވެށި އަނިޔާ ހުއްޓުވުމާއިބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 58ސ
ގެވެށި އަނިޔާ ހުއްޓުވުމާއިބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި
ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް، ދައުލަތުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި 24 ގަޑިއިރު ހިލޭ ޚިދުމަތް ލިބޭނެ މަގު ފަހި ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ޤަވާއިދަށް އަމަލު ކުރަން މިއަދު ފަށައިފިއެވެ.

ގެޒެޓު ކޮށްފައިވާ ފެމިލީ އެންޑް ޕްރޮޓެކްޝަން އޮތޯރިޓީ އިން ހަދާފައިވާ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ޤަވާއިދުގައި 11 ބާބެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފޯރުކޮށް ޚިދުމަތްތައް ބިނާ ކުރަން ޖެހޭ އާންމު އުސޫލުތަކާއި ވިލަރެސް ކުރުމުގެ އޮނިގަނޑާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަން ޖެހޭ ޚިދުމަތުގެ މިންގަނޑާއި ދައުލަތުގެ ޒިންމާ ހިމެނެއެވެ.

އެޤަވާއިދުގައި ބުނެފައިވާ ގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން އެޚިދުމަތް ފޯރު ކޮށްދެވޭނެއެވެ. އަދި އެޚިދުމަތް ދޭންވާނީ ފަރުވާތެރިކަމާއެކު، ޚިދުމަތް ފޯރުކޮށްދެވެން ހުންނަ އެންމެ ފުރިހަމަ މިންގަނޑަށް، އަނިޔާ ލިބިފައިވާ މީހާގެ މަސްލަހަތުގައި ކުރަންޖެހޭ ހުރިހާ ޓެސްޓެއްކޮށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށް ވެސް ޤަވާއިދުގައި ވެއެވެ.
މިއަދު އޮންލައިން