މަހްލޫފް އާއްމު ކުރެއްވި ބައެއް ފޮޓޯތަކަށް ބަލާއިރު، އއ. އަތޮޅުގެ ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މީހާ އާއި އޭނާގެ އެހީތެރިޔާ އާއި ރަޖިސްޓްރީ ބަލަހައްޓާ މީހާ އާއި އިނގިލީގައި ފާހަގަ ޖަހާ މީހުންގެ އިތުރުން، ވޯޓު ލާ މަރުކަޒުގެ ހުރިހާ މަސައްކަތަކާ ހަވާލުވެ ހުރީ ވެސް، ޕީޕީއެމްގެ ހަރަކާތްތަކުން އިސްކޮށް ފެންނަ މީހުންނެވެ.
އޭގެ އިތުރުން، ލ. ގަމު ވޯޓު ފޮއްޓެއްގެ ވެރިއަކަށް ކަނޑައަޅާފައި ހުރި މީހާ، ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކާ ވީޑިއޯއެއް ވެސް، ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
މަހްލޫފް ބުނެފައިވަނީ އެ ލިސްޓު ބެލިބެލުމުން، ވޯޓު ފޮށިތައް ބަލަހައްޓާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންގެ 97 ޕަސެންޓް މީހުންނަކީ ހަމަ ޕީޕީއެމަށް ނިސްބަތްވާ، އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންކަމަށެވެ.
ވޯޓު ލާ މަރުކަޒު ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނަށް، 7،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން 4،000 އެއްހާ މީހުން އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކޮންމެ ރަށަކުން ވެސް މީހަކު ނަގާފައި ވެ އެވެ.
Miee hamaekani AA. Himandhoo vote fohtah @ElectionsMv inn kanda’alhaafaivaa officialun thibigoiy. Kurimathili 8000 rayyithunge therein interview kuree madhu bayakaa. Hurihaa foshithakah kanda’alhaafaivanee PPM inn EC ah fonuvi list.@akram4535 manikfaanu vidhaalhuvanee keekeytho ? pic.twitter.com/wKHbmwm1ly
— Ahmed Mahloof (@AhmedMahloof) September 4, 2018