ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި

ކިޔުމަށް ހޭދަވާނީ 39ސ
ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި
މިފަހަކަށް އައިސްމާރާމާރީތައް އާންމުވެފައި ވަނިކޮށް، ރޭ ވެސް މާލޭގައި މާރާމާރީއެއް ހިނގައި މީހަކު ޒަޚަމް ކޮށްލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވެފައިވަނީ ހ. އަނދުންގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން ދަންވަރު 3:37 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

ރޭ ހިނގި މާރާމާރީގެ މައްސަލަވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރެ ހިނގި އެމާރާމާރީގައި ހަމަލާދީފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނަކަށެވެ.

އޭނާގެ ވާތް ފަރާތު އަރިކައްޓާއި ވައަތަށް ތޫނު އެއްޗަކުން ހަމަލާދީ ފުންކޮށް ކަނޑާލާފައިވެއެވެ. އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.
މިއަދު އޮންލައިން