ދިރާގު ޓީވީ އަދި ދިރާގު އެޕް މެދުވެރިކޮށް "ސާފް ޗެމްޕިއަންޝިޕް2018" ވަގުތުން ބަލާލެވޭނެ!

ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރާގު ޓީވީ އަދި ދިރާގު އެޕް މެދުވެރިކޮށް "ސާފް ޗެމްޕިއަންޝިޕް2018" ވަގުތުން ބަލާލެވޭނެ!
އޭޝިއާ ރީޖަންގެ އެންމެ ބޮޑު އަދި އެންމެ މައްޝޫރު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) 2018، ދިރާގު ޓީވީ އަދި ދިރާގު އެޕް ބޭނުން ކޮށްގެން ވަގުތުން ބެލޭނެގޮތް އެކުންފުނިން ހަދައިފިއެވެ.
އެގޮތުން ދިރާގު ޓީވީގެ ޑީސްޕޯޓްސް ޗެނަލުން (ޗެނަލް ނަންބަރު 106 އިން) މިމުބާރާތް ވަގުތުން ބެލޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު ފެށޭ މިފޯރިގަދަ ފުޓުބޯޅަ މުބާރާތަކީ، ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުވެސް ބައިވެރިވާ އަދި އެހާމެ ޝަރަފުވެރި އެއް މުބާރާތެވެ. އެގޮތުން މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނޭޕާލް އަދި ޕާކިސްތާނެވެ. މިމެޗު ފެށޭ ގަޑިއަކީ މެންދުރުފަހު 15:00 އެވެ.

ރާއްޖޭގެ ޤައުމީ ޓީމު ކުޅޭ އެންމެ ފުރަތަމަ މެޗު އޮތީ މިހަފްތާގެ ހުކުރު ދުވަހުއެވެ.

ދިރާގުން ބުނިގޮތުގައި ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެޕިއަންޝިޕް 2018 ބަލަން ބޭނުންވާ ފަރާތްތަކުން، ދިރާގުޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް “play” ޖެހުމުން މެޗުތައް ބަލާލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަނީ، ދިރާގު ޓީވީ އިން ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ދިރާގު ޓީވީގެ އިންޓްރޯ ޕެކެޖްގެ އަގަކީ މަހަކު 300 ރުފިޔާއެވެ. އެޕެކެޖްގައި 60 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭއިރު 4ކޭ ޗެނެލް ވެސް ހިމެނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކި ޖޯއިބޮކްސެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.



މިއަދު އޮންލައިން