"މުޅި ރާއްޖޭގެ ތާއީދު ލިބިފައިވާ ޢިލްމުވެރިއަކު ހައްޔަރުކޮށް ޖެއްސުންކުރަން މަސައްކަތްކުރުމަކީ އިތުރަށް ތާއީދު ގެއްލޭނެ ކަމެއް. މީ ޔަޤީން ކަށަވަރު ކަމެއް. މިއީ ވަކި މީހަކަށް ބުނާ އެއްޗެއް ނޫން. ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ބުނާއެއްޗެއް. ޢިލްމުވެރިންނާ ކުޅެގެން ލިބިފަ ހުރީ ލަނޑު."
މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ނުދައްކަވާ ވާހަކަފުޅެއް ދެއްކެވިކަމަށް ވިދާޅުވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙްޤީޤްކުރަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވަނީ ގޮވާލައްވައިފައެވެ.
ނިހާނަށް ރައްދު ދެއްވައިވެސް ޝައިޚް ޢަލީ ޒައިދު ވަނީ ޓްވީޓެއް ކުރައްވައިފައެވެ.
"ތަޙްޤީޤްކުރަންވީ ލިބޭ މުސާރައާ ނުބައްދަލު އަގު ބޮޑެތި ފްލެޓްތަކާ އެހެން އެއްޗެތި ގަންނަ މީހުން. މިކަހަލަ މީހުންގެ އަދަބެއް ސަދަބެއް ނެތް. ހެޔޮ އެއްޗެކޭ މީހަކު ބުނެފިނަމަ އެމީހަކު ނޮޅައިގެން ކައިހަދާ. މިމީހުން ލާރި ހޯދީ ކިހިނެއް ކޮން ގޮތަކުންކަން ބަލާނެ މީހަކު ނެތް. އަޖައިބު."
mulhi raajjeyge loabi libifaivaa ilmuveriyaku hayyarukoh, jessun kuran masahkai kurumee ithurah thaaeed gelleyne kameh. mee yageen kashawaru kameh. mi e vaki meehakah bunaa ehcheh noon. raajjeyge enmehaa faraaithakah bunaa ehcheh. ilmuverinnaa kulhegen libifahuree landu.
— Ali Zaid (@alizaid1000) September 4, 2018
Haggu baheh bunegen kureegai, abbaasee verikamuge baarun, imaam Ahmed ah nukuranee kon goanaa eh heyyeve?! gan hingi eve! rashun nereli eve! biru dekki eve! qathul kollan ves ulhuneve! namaves imaam Ahmed ge enme Dua eh ijaaba kurahvai ekaleyge faanu himaayai kurehvi eve!
— Ali Zaid (@alizaid1000) September 4, 2018
Thahugeegu kuran vee, libey musaara aa nubahdhal agu bodethi flat thakaa ehen ehchihi ganna meehun. mikahala meehun ge adhabeh sadhabeh neh. heyo ehcheh meehaku bunefinama emeehaku nolhaigen kai hadhaa. mi meehun laari hoadhee kihineh kon gothakun kan balaane meehaku neh. ajaaib.
— Ali Zaid (@alizaid1000) September 2, 2018