މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން އަދި ނަތީޖާ އިއުލާނުކުރުމުގެ ކަންކަން ވެސް އިންސާފުވެރިކަމާއިއެކު ބަލަހައްޓައި ދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކިބައިން ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އެދިވަޑައިގެންފިއެވެ.
އިބޫ މިކަމަށް އެދިވަޑައިގަތީ ކޯލިޝަނަށް ތާއީދު އިތުރުކުރުމަށް މިރޭ މ. ދިއްތުނޑިގައި ހުޅުވި މާފޮޅޭ ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަށް ސެކިޔުރިޓީ ދިނުމުން އެކަނި ނުފުދޭ ކަމަށާއި ވޯޓުލުމާއި ވޯޓުލުމާއި ގުޅުންހުރި ކަންކަމާއި އަދި ނަތީޖާ އިއުލާނު ކުރުމުގެ ކަންކަން ވެސް ކުރިއަށް ދަނީ އިންސާފުންކަން ބައްލަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.