ޖޭޕީ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޖޭޕީ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެދެއްވައިފި
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެނއް އެސްޓޭޝަނުން އުފެއްދި "އަބުރުފުޅު" ފަންޑަށް، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އެހީއެއް ވެދެއްވައިފިއެވެ.

އެކަމަނާ ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ފައިސާގެ އެހީއެއް ވެދެއްވާފައިވަނީ، އެސްޓޭޝަން ހުންނަ އިމާރާތުގައި ފަންޑުފޮށި ބެހެއްޓިފައިވާ ސަރަޙައްދަށް ރޭގެ ވަގުތެއްގައި ވަޑައިގެންނެވެ.

ރާއްޖެޓީވީ އަށް އައިޝަތު ނަހުލާ ވަޑައިގެންނެވުމުން އެސްޓޭޝަންގެ މުވައްޒަފުން އެކަމަނާގެ އިސްތިގުބާލުގައި ތިބެ ވަރަށް ހޫނު މަރުހަބާއެއް އެކަމަނާއަށް ކިޔެއެވެ.

އަބުރުފުޅު ފަންޑަށް އެހީތެރިވެދެއްވުމަށްފަހު އައިޝަތު ނަހުލާ ވިދާޅުވީ ބްރޯޑްކޮމް އިން ކުރަމުން ގެންދާ އެކަމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
މިއަދު އޮންލައިން