ރިޔާސީ އިންތިހާބުގެ ދާއިމީ ވޯޓަރސް ލިސްޓު އާންމުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރިޔާސީ އިންތިހާބުގެ ދާއިމީ ވޯޓަރސް ލިސްޓު އާންމުކޮށްފި
މިމަހުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އާންމުކޮށްފިއެވެ.

އައިޑީކާޑުގެ ނަންބަރާއި ނަމާއި އެޑްރެސް ހިމެނޭ ގޮތަށް އީސީއިން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން މިއަހަރު 262،135 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ރީ-ރެޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްޙަކަން ކަށަވަރު ނުވާ ކަމަށް ބުނެ 5،626 ފޯމެއް އީސީން ބާތިލު ކޮށްފައިވެއެވެ. ނަމަވެސް ފޯމު ހުށަހަޅަން ދިން މުއްދަަތުގައި އަލުން ރީ-ރެޖިސްޓަރ ވާން ހުށަހެޅީ ކިތައް މީހުން ކަމާއި ރީ-ރެޖިސްޓްރޭޝަނާއި ގުޅުގެން ހުށަހެޅި ޝަކުވާގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަން ގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މިއަދު ވޯޓާރސް ލިސްޓު ފޮނުވާނެ ކަަމަށާއި އެލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރާނެ ދުވަސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސި އިންތިހާބު މޮނީޓަރ ކުރަން 10،506 މޮނީޓަރުން ބައިވެރިވާއިރު، ބޭރުގެ މޮނިޓަރުންގެ ގޮތުގައި 34 މީހަކު ބައިވެރިވެއެވެ. އަދި ދައުވަތު ދީގެން ބޭރުގެ އޮބްޒާވަރުންގެ ގޮތުގައި 25 މީހަކު ބައިވެރިވާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައި 1895 މީހުން ހަރަކާތްތެރިވާނެ ކަމަށް އީސީން ބުނެފައިވެއެވެ.

ދާއިމީ ވޯޓަރސް ލިސްޓު
މިއަދު އޮންލައިން