ރައްޔިތުން ތިބީ ދައްކާ ބިރަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރައްޔިތުން ތިބީ ދައްކާ ބިރަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން: އިބޫ

ދިވެހި ރައްޔިތުން މިއަދު ތިބީ ދައްކާ ބިރަށް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ހއ އަތޮޅަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ތުރާކުނުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާލުވީ މީދޫ ޖަގަހައިގައި ހުޅުޖެހުމަކުން ރަށުގެ ރައްޔިތުން ކޯލިޝަނަށް ކުރާ ތާއީދު އަންދައި ނުލެވޭނެ ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ސަޕޯޓަރުންގެ ޖަގަހަ ތަކަށާއި ތަކެތީގައި ހުޅުޖަހައިގެން ރައްޔިތުންގެ ތާއީދު އަންދައިލެވޭނެ ކަމަށް ޖަހާ ހިސާބުތަކަކީ ޞައްޙަ ހިސާބުތަކެއް ނޫން ކަމަށެވެ.

"ރޭވެސް މީދޫގަ ހުރި ކޯލިޝަނުގެ ޖަގަހަ ވަނީ އަންދާލާފަ. އެކަމުން ރައްޔިތުންގެ ތާއީދު އަންދައެއް ނުލެވޭނެ. ރައްޔިތުންގެ ތާއީދު ވާނީ އިތުރު."
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ހުރިހާ ރައްޔިތުންގެ ހައްޤުތައްވެސް ހިމާޔަތްކޮށްދީ ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ހޯދައިދޭނެ ސަރުކާރެއް ކަމަށެވެ. އެގޮތުން ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާތަކާއި އަތުލައިގެންފައިވާ ޙައްޤުތައްވެސް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން