ދިމާވާ ޙާލަތެއްގެ ސަބަބުން ކުލި ނުދެއްކޭ ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ލިބެމުންދާނެ ގޮތްތަކެއް ހަމަޖައްސައިދޭނެ: މާރިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދިމާވާ ޙާލަތެއްގެ ސަބަބުން ކުލި ނުދެއްކޭ ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ލިބެމުންދާނެ ގޮތްތަކެއް ހަމަޖައްސައިދޭނެ: މާރިއާ
ދިމާވާ ޙާލަތެއްގެ ސަބަބުން ކުލި ނުދެއްކޭ ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ލިބެމުންދާނެ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ތަރުޖަމާނު މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން ގެންދަނީ އެންމެންނަށް ވެސް ވަރަށް ލުއި ފަސޭހަ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާލީ ދަތިތައް ހުރި ފަރާތްތަކަށާއި މާލީ ދަތިތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތަކެއް އިންތާޒުމު ކުރާނެ ކަމަށެވެ.

މާރިއާ ވިދާޅުވީ ލިބޭ އާމްދަނީ މަދުކަމުން ކުލި ނުދެއްކޭ ފެންވަރުގެ މީހުންނަށް ވެސް ދިރިއުޅެވެންޖެހޭނެ ކަމަށް އިބޫ ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެފަދަ މީހުންނަށްވެސް ދިރިއުޅެވޭނެ ގޮތްތައް ހަމަޖައްސައި ދިނުމުގެ އުޞޫލުތަކެއް އިބޫ ހަމަޖައްސަވާނެ ކަމަށެވެ.

ރޭ ވެސް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ނުލިބި ތިބި މާލޭގެ އެންމެންނަށްވެސް އަދި ރާއްޖެތެރޭގެ މީހުންނަށްވެސް އެ މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތައް ހަމަޖައްސަވައިދެއްވައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން