އިސްލާމް ދީނުގައި އެއްވެސް މީހަކު އަޅުވެތި ކުރުމެއް ނެތް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިސްލާމް ދީނުގައި އެއްވެސް މީހަކު އަޅުވެތި ކުރުމެއް ނެތް: ޝައިޚް ޢަލީ ޒައިދު
"މީސްތަކުން އެމީހުންގެ މައިންގެ ބަނޑުން މިނިވަނުންގެ ގޮތުގައި ވިހާފައި ވަނިކޮށް ތިބާ އެބައި މީހުން އަޅުވެތި ކުރަނީ ހެއްޔެވެ؟ މިއީ ޢުމަރުގެފާނުގެ ޢިބްރަތުން ފުރިގެންވާ ބަސްފުޅެއް. އަޅުވެއްޗެއްވެސް ނުކުރެވޭނެ. ބިރެއްވެސް ނުދެއްކޭނެ. ﷲ ވޮޑިގެންވާ. ބައްލަވައިވެސް ވޮޑިގެންވޭ.! އިން ޝާ ﷲ." މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވަވާފައިވާ ޓްވީޓެކެވެ.

ޢުމަރުގެފާނު މިފަދަ ބަސްފުޅެއް ވިދާޅުވީ ޢުމަރުގެފާނުގެ ވެރިކަމުގައި މިޞުރުގެ ގަވަރުނަރަކަށް ފޮނުއްވެވި ޢަމްރް ބުނުލް އާސްގެ ދަރިކަލުން ނިކަމެތި ރައްޔިތެއްގެ ދަރިއަކަށް އަނިޔާ ކުރެއްވުމާއި ގުޅިގެން އަނބުރާ ގެންނަވައެވެ. ޢުމަރުގެފާނު ވަނީ އަނިޔާ ލިބުނު ކުއްޖާގެ އަތަށް ދުއްރާ ދެއްވައި ޤިޞާޞް ހިފުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.

މީގެ އިތުރުން ޢަމްރް ބުނުލް ޢާސްގެ ކިބައިން ޤިޞާޞް ހިފުން ވެސް އުމަރުގެފާނު ހުއްދަ ކުރެއްވެވިއެވެ. ޢުމަރުގެފާނު އެ ހުއްދަ ދެއްވެވީ ކުއްޖަކަށް އަނިޔާކުރެއްވުމުގެ ހިއްވަރު ދަރިކަލުންނަށް ލިބިވަޑައިގަތީ ބައްޕާފުޅު ގަވަރުނަރަކަށް ހުންނެވުމުން ލިބިވަޑައިގަންނަވާ ނުފޫޒުން ކަމަށްވާތީއެވެ.



މިއަދު އޮންލައިން