ޝައިޚް އިލްޔާސް ރާއްޖެއިން ފުރާވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޝައިޚް އިލްޔާސް ރާއްޖެއިން ފުރާވަޑައިގެންފި
ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ހެނދުނު ވަނީ ރާއްޖެއިން ފުރާވަޑައިގެންފައި ކަމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިސް ބޭފުޅަކު ދާދި ދެންމެ ވިދާޅުވީ ޝައިޚް އިލްޔާސް ރާއްޖެއަށް ވަޑައިގަތީ ވަރަށް މަދު ދުވަސްކޮޅަކަށް ކަމަށެވެ. އަދި ކުރިން އޮތް ގޮތުން ނަމަ އިއްޔެ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

"ގިނަ ބައެއްގެ އެދުމުގެ މަތިން މަޑުކޮށްލަ ދެއްވީ. ނަމަވެސް މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފަ."

ފުލުހުން މިއަދު ވަނީ ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ޝައިޚް އިލްޔާސްއަށް އަންގާފައިވާކަން ހާމަކޮށްފައެވެ. އެކަމާއި ގުޅިގެން "ރެޑް ނޯޓިސް ނެރެގެން ޝައިޚް އިލްޔާސް ރާއްޖެ ގެނެސް ފުލުހަށް ހާޒިރު ކޮށްފާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟" ދެންނެވުމުން ވިދާޅުވީ ރެޑް ނޯޓިސް ދުނިޔެއިން ބަލައިގަންނަވަރުގެ ކުށެއްވެސް އަދި އެއްވެސް ކުށެއް ޝައިޚް އިލްޔާސް ކުރައްވާފައިވާ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން