އަސާސީ ހިދުމަތް ފޯރުކޮށްދެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭ - އެކަން ނުވަނީ ކޮރަޕްޝަންގެ ސަބަބުން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އަސާސީ ހިދުމަތް ފޯރުކޮށްދެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭ -  އެކަން ނުވަނީ ކޮރަޕްޝަންގެ ސަބަބުން: އިބޫ
ދައުލަތަށް ލިބޭ އާމްދަނީ އަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށްދެވޭ ވަރަށް އާމްދަނީ ލިބޭ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ހއ. ތުރާކުނުގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ބޭކާރު ހަރަދު ނުކުރާ ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް ގާއިމްކުރެވޭނެ ކަމަށާޢި ހިތާމައަކީ ޕްރޮޖެކްޓްތައް ނުއަގުގައި ހިންގާކަންކަމަށެވެ. އިބޫ ވިދާޅުވީ ރާއްޖެ ތަރައްގީނުކުރެވި ވަނީ ފައިސާ ނުލިބިގެންތޯ ނުވަތަ ފައިސާ އިސްރާފު ކުރާތީތޯ ސުވާލު އުފެދޭ ކަމަށާއި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭހާ ފައިސާ ދައުލަތަށް ލިބޭ ކަމަށެވެ.

ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރުމަށް މި ސަރުކާރުން ފަށާފައިވާ ކޮންމެ ޕްރޮޖެކްޓަކަށް މަދުވެގެން ތިން މިލިއަން ރުފިޔާ ހަރަދުކުރާއިރު އެއަށް ވުރެ ހަރަދު ކުޑަކޮށް ވެސް އެކަން ކުރެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީކުރާނީ "ވައްކަމާ ނުލައި" ކަމަށެވެ.





މިއަދު އޮންލައިން