ޝައިޚް އިލްޔާސް ދެއްކެވި ވާހަކަތަކާ ފުލުހުން ތަޙްޤީޤްކުރަން އުޅޭ ކަންތަކާ އެއްވެސް ގުޅުމެއް ނެތް: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޝައިޚް އިލްޔާސް ދެއްކެވި ވާހަކަތަކާ ފުލުހުން ތަޙްޤީޤްކުރަން އުޅޭ ކަންތަކާ އެއްވެސް ގުޅުމެއް ނެތް: ޝައިޚް އަނީލް
"ޝައިޚް އިލްޔާސް ހުސައިން ދަރުސްގައި ދެއްކެވި ވާހަކަތަކާއި ފުލުހުން ތަޙްޤީޤްކުރަން އުޅޭ ކަންތަކާ އެއްވެސް ގުޅުމެއް ނެތް. ޝައިޚް އެއްވެސް މީހެއްގެ ބޮލުގަ ތުހުމަތެއް ނާޅުވާ." މިއީ އައްޝައިޚް މުޙައްމަދު އަނީލް މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޓްވީޓުގައި ޝައިޚް އަނީލް ވަނީ ޝައިޚް އިލްޔާސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ވެސް ހިމަނުއްވައިފައެވެ.

ކަންކަން ހިނގަނީ ކޮންމެ ގޮތަކަށް ނަމަވެސް ވަކި ބައަކު ބުނާ ކަންކަން އެބުނާ ގޮތަށް ހިނގަމުންދާތަން ފެންނަމުންދާކަން ފާހަގަކޮށް ގިނަ ބައަކު މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ޝައިޚް އިލްޔާސް ނުދައްކަވާ ވާހަކަފުޅު، ދެއްކެވި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވަނީ ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުކޮށް މައްސަލަ ތަޙްޤީޤްކުރުމަށް ގޮވާލައްވައިފައެވެ.

ޝައިޚް އިލްޔާސް ދަރުސްގައި ކަންބޮޑުވުން ފައުޅު ކުރެއްވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް މިހައިތަނަށްވެސް ނުކުރެވިއޮތް މައްސަލައިގައެވެ. އަދި އެ މައްސަލަ އާއި ގުޅުންހުރި އިތުރު 9 މީހަކު މަރާލެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވުމުން އެ މައްސަލަތައް ނުބެލި އޮތުމުން އެކަމާއިމެދުގައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ކިރިޔާ 18 އަހަރު ފުރުނު ކުއްޖަކު ޑރ. އަފްރާޝީމަށް ހަމަލާދީ އެހައި އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހުނު ސަބަބެއް ތަޙްޤީޤުގައި ހޯދިފައި ނުވާތީ ނުވަތަ އެކަމުގެ މައުލޫމާތު ހާމަކޮށްފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެކަން ކުރި ބައަކު އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ދަރުސްގައި ވިދާޅުވެފައެވެ.

މިއަދު އޮންލައިން