ފަޟީލަތުއްޝައިޚް އިލްޔާސް ދެއްވި ދަރުސްގައި އެއްވެސް ދޮގެއް ހިމެނިފައިވާނަމަ، ނުވަތަ އިސްލާމް ދީނުގައި ކަންކަން ބަޔާންކުރެވިގެންވާ ގޮތާއި ޚިލާފަށް އެންމެ ބަސްފުޅެއްވެސް ވިދާޅުވެވިފައިވާނަމަ އެކަމެއް ފާހަގަކޮށްދެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަރިއަހުން ވަނީ ހަމަ އެ ދަރުސްގައި އެދިވަޑައިގެންފައެވެ.
އެގޮތުން ދަރުސްގައި ވިދާޅުވި އެއްވެސް އާޔަތެއްގެ މާނައިގައި ނުވަތަ ޙަދީޘްފުޅެއްގެ މާނައިގައި އެއްވެސް ތަޢާރަޒުވުމެއް އޮތް ނަމަ އެކަން ފާހަގަކޮށްދެއްވުމަށްވެސް ޝައިޚް އިލްޔާސް ވަނީ އެދިވަދައިގެންފައެވެ.
ޝައިޚް އިލްޔާސް މިމޭރުމުން އެދިވަޑައިގެންފައިވީނަމަވެސް އެ ދަރުސްގައި ދެއްކެވި ވާހަކަފުޅުތަކުގައި އެއްވެސް ދޮގެއް ހިމެނޭކަން އެއްވެސް ޢިލްމުވެރިއަކު ފާހަގަކުރައްވާފައިވާކަން އެނގޭކަށް ނެތެވެ. އެންމެ ބޮޑެތި ވާދަވެރިންވެސް އެކަން ކޮށްފައެއް ނުވެއެވެ. މުޅިންވެސް ދައްކަވަނީ ދަރުސްގައި ދެއްކެވި ވާހަކަފުޅުތަކުން ބޭރު ވާހަކަތަކެކެވެ.
ޝައިޚް އިލްޔާސް ވަރަށް ސާބިތުކަމާއިއެކު ވިދާޅުވީ ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ ކަމަށާއި އެކަން ކުރަން ކޮންމެ މީހަކު އުޅުނު ނަމަވެސް ރައްދު ދެއްވާނެ ކަމަށެވެ. އަދި ދީނަކީ 7 އުޑުގެ މާތް ﷲ ބާވައިލައްވަވާފައިވާ އިސްލާމް ދީން ކަމަށާއި ސިޔާސަތަކަށް ވާންޖެހޭނީ މީސްތަކުން އުޅެން ﷲ ތަޢާލާ އެންގެވި ގޮތް ކަމަށެވެ. އެހެންކަމުން މިއީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން ކަމަށެވެ. "އަޅުގަނޑުގެ ސިޔާސަތަކީ އަޅުގަނޑުގެ ދީން. އަޅުގަނޑުގެ ދީނަކީ އަޅުގަނޑުގެ ސިޔާސަތު. ސިޔާސަތަކީ ކަންކަން ރާވައި ހިންގުން."
ޝައިޚް އިލްޔާސް ވިދާޅުވީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދީނަކީ އިސްލާމް ދީންކަން ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވާފައި ކަމަށާއި އިސްލާމް ދީނަކީ މީސްތަކުން ދުނިޔޭގައި އުޅެން ﷲ ތަޢާލާ އެންގެވި ގޮތް ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ މީސްތަކުން އަމަލުކުރަންޖެހޭ ހުރިހާ ގޮތްތަކެއްގެ ވާހަކަ ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ ބަޔާންކޮށް ދެއްވަވާފައި ކަމަށާއި ކީރިތި ޤްރްއާނުގައި ނެތް ހަމަ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލައަކީ ﷲ ގެ އާޔަތްތައް މަތިން މީސްތަކުން ހަނދާން ނެތިގެން ދިއުން ކަމަށެވެ.
ތަކުރާރު ކުރައްވައި ވިދާޅުވީ ކީރިތި ޤްރްއާނުގައި ނެތް، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ސާބިތުވާން ނެތް އެއްވެސް ކަމެއްގެ ވާހަކަފުޅު ނުދައްކަވާނެ ކަމަށާއި ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމުގެ ވާހަކަފުޅު ދައްކަވާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.
ޝައިޚް އިލްޔާސްގެ ވާހަަކަފުޅުން (އޯޑިއޯ):