އެމްޑީޕީއާއި ރާއްޖެޓީވީއާއި ދެކޮޅަށް ދައުވާ ކުރަން ރައީސް ޔާމީން ނިންމަވައިފި

ކިޔުމަށް ހޭދަވާނީ 50ސ
އެމްޑީޕީއާއި ރާއްޖެޓީވީއާއި ދެކޮޅަށް ދައުވާ ކުރަން ރައީސް ޔާމީން ނިންމަވައިފި
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަބުރުފުޅަށް އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރާއްޖެ ޓީވީ އާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ރައީސް ޔާމީން ނިންމަވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ނިންމާފައިވަނީ، މިމަހުގެ ތިންވަނަ ދުވަހު އެމްޑީޕީއިން ބޭއްވި ނޫސްކޮންފެރެންސެއްގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެ ޓީވީ އާއެި ދެކޮޅަށް ފިޔަވަޅު އަޅަނީ އެމްޑީޕީއިން އެދުވަހު ބޭއްވި އެނޫސްކޮންފެރެންސް ލައިވް ކުރުމާއި ގުޅިގެންނެވެ.

މިރޭ ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެމަނިކުފާނުގެ އަބުރާއި ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ ގެ މައްޗަށް ދައުވާ ކުރުމަށާއި، އަބުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.


މިއަދު އޮންލައިން