ޤައުމީ ސަލާމަތަކީ ރައްޔިތުން ބިރުގަންނަވަން ބޭނުން ކުރާ އެއްޗަކަށް ނުހަދައި ޤައުމީ ސަލާމަތަކީ ޤައުމުގެ ސަލާމަތަށް ހައްދަވާނެ ކަމަށާއި ޞައްޙަ ނޫން އިންޓެލިޖެންސް ރިޕޯޓް ނެރެ އެކަމުގެ އަނިޔާ ރައްޔިތުންނަށް ލިބުން ހުއްޓުވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްެޖެއެވެ.
އިބޫ މިމޭރުމުން ވިދާޅުވީ ކޯލިޝަނުން މިރޭ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ސަރުކާރުގެ ސަލާމަތީ ޚިދުމަތް ދިނުމުގެ ސިޔާސަތު ހާމަކުރައްވަމުންނެވެ.
ސިފައިންނާއި ފުލުހުން ކުރިއަރުވައި ޚިދުމަތްތައް އިތުރަށް ކުރިއަރުވަން އަޅުއްވާނެ ފިޔަވަޅުތައް އިބޫ ވަނީ ބަޔާންކޮށްދެއްވައިފައެވެ. މީގެ އިތުރުން ހއ ގެ އުތުރުން އޮތީ އިންޑިއާ ކަނޑުކަން ފާހަގަ ކުރައްވައި ސަރަހައްދުގެ ސަލާމަތާއިބެހޭ ރައްކައުތެރިކަމަށް ކުރައްވާނެ ބައެއް ކަންކަން ވެސް ވަނީ ވިދާޅުވެފައެވެ.
(އިތުރު ތަފްޞީލް އަންނަނީ.)