ޕީޕީއެމްެގެ ޕީޖީ ލީޑަރު އަހްމަދު ނިހާން މިމޭރުމުން ސުވާލު އުފެއްދެވުމުން އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުންވެސް ސުވާލެއް އުފައްދައިފިއެވެ.
"ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް އަންނަން ބްރިޖު ހުރަސްކުރަން ލަދެއް ނުގަންނާނެބާ؟"
އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ބުނަނީ ބްރިޖު ހުރަސް ކޮށް މާލެ ފޭބެނީ ރައީސް ޔާމީނުގެ ސަރުކާރުން ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫނު ހިއްކެވި ބިމަށް ކަމަށެވެ. އަދި މާލެއަންނަ ސަޕޯޓަރުން ހުޅުމާލޭގައި ދިރިއުޅެނީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކެވި ބިމުގައި ކަމަށެވެ. އެބިމުގައި ކިތަންމެ ގިނަ ދިދަތަކާއި ބެނާތައް ދަމައި ފޮޓޯތައް ބަހައްޓާފައި ހުރިނަމަވެސް މާލެއަށް އަންނަން ދަތުރުފަށަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކަވާފައިވާ ބިމުން ކަމަށެވެ. އަދި ހުޅުމާލެއިން ބަހުގައި ބްރިޖާއި ހަމައަށް އާދެވެނީވެސް ހަމަ ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކާފައިވާ ބިމުގައި ހަދާފައިވާ މަގެއްގައި ދުއްވާފައި ކަމަށެވެ.
ޗައިނާއިން ހިލޭ އެހީދިނީ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމާއި ބްރިޖު އަޅަން ނެގި ލޯނު އަދާކުރަނީ ދިވެހިރައްޔިތުންގެ ފައިސާއިން ކަމަށްވާއިރު އެ ބްރިޖު ހުރަސްކުރަން ވަކި ބައަކު ލަދުގަނެ ވަކި ބައަކު ފަޚުރުވެރިވުމަކީ ކޮންގަތަކުން ބަލައިގަނެވޭނެ ކަމެއްތޯވެސް އިދިކޮޅު ސަޕޯޓަރުން ސުވާލު އުފައްދައެވެ.
ބްރިޖު އެޅީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދި ނުނަގަންބުނި މުސާރަ ވެސް ނަގަމުން އަދި ބޮޑެތި އިނާޔަތްތައް ހޯދައި ބޭނުން ކުރަމުން ނޫންތޯވެސް އިދިކޮޅު ސަޕޯޓަރުން ސުވާލު އުފައްދައެވެ.
Anna Honihiru Dhuvahu @MDPSecretariat in Male’ gai Baavaa Bodu Jalsaa ah #SinaMale’ Bridge Huras koh MDP Supporters Male’ Carnival Sarahadhah Annaane baa, ?! kereyne baa?! Noonee Hama Ferry Ga 30 Minute Dhuvaafa baa annaanee?! @Mihaarunews @avasmv @VaguthuOnline pic.twitter.com/RX8SP90Jrt
— Ahmed Nihan (@ahmed_nihan) September 5, 2018