ބޮޑުތަކުރުފާނުމަގުގެ ތާރުއެޅި ސަރައްދު މިރޭ ހުޅުވަނީ

ކިޔުމަށް ހޭދަވާނީ 1މ 7ސ
ބޮޑުތަކުރުފާނުމަގުގެ ތާރުއެޅި ސަރައްދު މިރޭ ހުޅުވަނީ
ސިނަމާލެ ބްރިޖުހެދުމާއި ގުޅުވައިގެން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ ތާރު އެޅި ސަރައްދު ނިންމައި މިރޭ 20:00 ގައި އާއްމުންނަށް ހުޅުވަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފިއެވެ.

އެއޮތޯރިޓީ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ، މާލޭގެ ބޮޑުތަކުރުފާނުމަގު ނުވަތަ ރިންގްރޯޑު ރަނގަޅުފެންވަރަކަށް ހެދުމަށް މިއަހަރު ޖޫން މަހުގެ 19 ވަނަ ދުވަހު އެމަގުގެ ބޮޑުބައެއް ބަންދުކުރެއްވުމަށްފަހު އެމަގާއި ގުޅިފައިވާ ބައެއް މަގުތަކާއިގޯޅިތަކުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ވަގުތީ ބަދަލުތައް އުވާލައިމިރޭ 20:00 ގައި އެތަންއާއްމުންނަށް ހުޅުވާލަން ނިންމާފައިވާކަމަށެވެ.
މިރޭ ރިންގް ރޯޑް އާމުންނަށް ހުޅުވާލެވުމަށްފަހު ކުރިއެކޭ އެއްގޮތަށް އެމަގުގައި އުޅަނދުފަހަރު ދުއްވޭނެގޮތް ހަމަޖައްސާފައި ވެއެވެ.

އެމަގާއި ގުޅިފައިވާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރެވިފައި ވާނެކަމަށް ވެސް އެއޮތޯރިޓީއިން ބުނެފައި ވެއެވެ. އަދި އެމަގު ބޭނުންކުރަން ފެށުމަށްފަހު އެމަގު ބޭނުން ކުރެވިގެނަދާނީ ހަމައެކަނި އެއްގަމު އުޅަންދުތައެް ދުއްވުމަށާއި ހިނގާބިނގާ އުޅުމަށެވެ. އޭގެ އިތުރުން އިއްޒުއްދީން މަގުން ފެށިގެން ހުޅުމާލެ ފެރީޓާމިނަލް އާއި ދެމެދުގައި ބޮޑުތަކުރުފާނުގެ އެއްވެސް ތަނެއްގައި އެއްގަމު އުޅަނދުތައް ޕާކުރުރުން މަނާކޮށްފައިވާކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފައި ވެއެވެ.

ސިނަމާލެ ބޮރިޖު ހެދުމާއި ގުޅިގެން މާލޭގެ މަގުތައް ހަދަން ފަށާފައި ވަނީ ބްރިޖުގައި ދަތުރުކުރަމުން ދާއިރު ތޮއްޖެހުނަ ނުދިނުމަށެވެ.
މިއަދު އޮންލައިން