ކޮލަމާފުށިން ހަޔަރުކުރި 18 މީހުންގެ ދިފާއުގައި 18 ވަކީލުންގެ ޓީމެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮލަމާފުށިން ހަޔަރުކުރި 18 މީހުންގެ ދިފާއުގައި 18 ވަކީލުންގެ ޓީމެއް!
ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދީގެން، ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ޓީމެއް އެ ރަށަށް ދާން ނިންމައިފި އެވެ.

މަޝްހޫރު 18 ވަކީލެއް ހިމެނޭ މި ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު ވިދާޅުވީ ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ކޮލަމާފުއްޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދުކޮށްފައިވާ 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށްފައިވާއިރު މިމީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަމައެކަނި އެމްޑީޕީ މީހުން ކަމަށްވުމުން އެމްޑީޕީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



މިއަދު އޮންލައިން