ރަސްމީކޮށް ބަސްދަތުރުތައް ފެށުމުގެކުރިން 3 ދުވަހު ބަހުގެ ހިދުމަތް ހިލޭދެނީ

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރަސްމީކޮށް ބަސްދަތުރުތައް ފެށުމުގެކުރިން 3 ދުވަހު ބަހުގެ ހިދުމަތް ހިލޭދެނީ
ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުލެއަށް ކުރާ ބަސް ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން އެ ދަތުރުތަށް ހިލޭ ކުރާގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފިއެވެ.

މާދަމާ ބްރިޖުގައި އާއްމު ދަތުރުތައް ކުރުމަށް ހުޅުވާލަން ހަމަޖެހިފައި ވާއިރު، ބަސް ދަތުރުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން އެ ދަތުރުތައް މާދަމާއިންފެށިގެން ހިލޭ ދަތުރު ކުރެވޭނެކަމަށް އެމްޕީއެލްއިން ބެނެފައި ވެއެވެ. އެމްޕީއެލް އިން އެގޮތައް ނިންމާފައި އެ ޚިދުމަތް ދޭގޮތް އާމުންނަށް ދައްކާލުމަށްޓަކައެވެ. ނަމަވެސް ހިލޭ ބަސްދަތުރުތައް ކުރިއަށްގެންދާނީ ދެ ތިން ދުވަހަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ބަހުގެ ޚިދުމަތް ދިނުމަށް މާލެއަށް ނުވަ ބަސް ގެނެސްފައި ވާއިރު، ބަސް ދަތުރުތަކުގެ އަގުތަކާއި ޝެޑިއުލް އިއުލާން ކުރަން ނިންމާފައި ވަނީ ރަސްމީކޮށް އެ ދަތުރުތައް ފެށުމުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރުމައްޓަކައި ޖުމްލަ 22 ބަސް މާލެ ގެނެއުމަށް ވަނީ ނިންމާފައެވެ.

ސިނަމާލެ ބްރިޖަށް ޖުމްލަ 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. އޭގެ ތެރެއިން 116 ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ އެ ސަރުކާރުން ދީފައިވާ ލޯން އެހީ އެވެ. އެގޮތުން ސިނަމާލެ ބްރިޖުގެ މަސައްކަތަށް ދިވެހި ސަރުކާރުން ހަރަދުކޮށްފައު ވަނީ 12 މިލިއަން ޑޮލަރެވެ.
މިއަދު އޮންލައިން