ފަތިސް ނަމާދަށް 4 އަހަރުގެ ދަރިފުޅު މިގެންނަނީ ހޭލައްވައިގެން: ބައްޕަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފަތިސް ނަމާދަށް 4 އަހަރުގެ ދަރިފުޅު މިގެންނަނީ ހޭލައްވައިގެން: ބައްޕަ
ކޮންމެ ރެއަކުވެސް ފަތިސް ނަމާދުގެ ޖަމާޢަތަށް 4 ވަނަރަކަށް އަހަރުގެ ކުޑަކުއްޖަކުު ގޮވައިގެން ވަރަށް ޒުވާން ބައްޕައަކު މިސްކިތަށް އަންނަތަން ފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކަންދިމާވިގޮތުން ރޭ މިސްކިތުން ފޭބުނީ އެކީގައެވެ. އެވަގުތު ސުވާލުކޮށްލީމެވެ. "ދަރިފުޅު ކޮންމެ ރެއަކު ފަތިސް ނަމާދަށް ތިއަ ގެންނަވަނީ މިގަޑީގައި ހޭލައި އުޅޭތީތޯއެވެ؟ ނުވަތަ ހޭލައްވައިގެންތޯއެވެ؟" ޖަވާބުގައި ބުނީ ހޭލައްވައިގެން ކަމަށެވެ.

އުފަލުން ގޮސް އަޅުގަނޑަށް ބުނެލެވުނެވެ. "އަޚާއެވެ. ތިއަ ފެށި ކަންތައް ނަމަނަމަ ދޫކޮށް ނުލައްޗެވެ." ޖަވާބުގައި ހިނިތުންވެހުރެ ބުނީ "އިން ޝާ ﷲ" އެވެ.

މިކަން ކިޔުންތެރިންނަށް ހިއްޞާ މިކުރީ ހަމަ އެންމެ ބޭނުމަކުއެވެ. މިއީ ހަމަ ކޮންމެ ބައްޕައެއްގެ ބޮލުގައި ވެސް އެޅިފައި އޮތް އެންމެ ބޮޑު އެއް ޒިންމާކަން ހަނދާންކޮށް ދިނުމަށެވެ. ކުޑައިރުންސުރެ ނަމާދަށް އަހުލުވެރިކުރުވުމަށްވުރެ ބޮޑު ހެޔޮ ކަމެއް ދަރިންނަށް ކޮށްނުދެވޭނެތީއެވެ.

މިސް ނޫނީ ސޯ ބުނީމާ ފަތިހު 5 ޖަހާއިރަށް ހެނދުނު 6 ޖަހާއިރަށް ފަތަން ފަތާފެންގަނޑަށް، ކުޅިވަރު ކުޅެން ބޯޅަދަނޑަށް، ސްޓޭޑިއަމަށް، ދަރިން އެބަ ގެންދަމުއެވެ. ނަމަވެސް އެންމެހައި މިސްތަކާއި ސޯތަކުގެ ވެސް އަދި އެންމެހައި މީސްތަކުންނާއި ކާއިނާތުގެވެސް އެންމެ މަތީ ވެރިކަމާއި ބާރުތައް މިލްކުވެވޮޑިގެންވާ "ރައްބުލްޢާލަމީން"، ﷲ ތަޢާލާ ގެ އެންގެވުން ތިއަ ގެންދަނީ "ބޮލާލައި" ޖަހަމުންނެވެ.

ފަތިސް ނަމާދުގެ ޖަމާއަތަށް މިސްކިތްތަކުގައި ފުރެނީ ގިނަވެގެން އެންމެ ،2 3 ސަފެވެ. ކުޑަކުދިންނާއި ޒުވާނުން ފެންނަނީ އެހައިމެ މަދުންނެވެ. ހަޤީޤީ ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރެވޭނީ މިކަންކަމަށް އެންމެން ވެސް ވިސްނައި އަމަލުކުރަން ފެށި ދުވަހަކުންނެވެ. އަމިއްލަ ނަފުސަށް ނަމަވެސް މުޖުތަމައުއަށް ނަމަވެސްމެއެވެ.
މިއަދު އޮންލައިން