ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ ބޮޑުކުރާނަން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
 ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ ބޮޑުކުރާނަން: އިބޫ
ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވާދަވެރި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރަ ނޫން ކަމަށާޢި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ތައުލީމީ މަންހަޖަށް ޓީޗަރުން ތަމްރީނު ކުރެވިފައި ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް ޓީޗަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.

މިޖަލްސާއި އިބޫ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯޑިން ސްކޫލުތަކާއި ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކޮށްދެއްވާނެކަމަށެވެ.

މިއަދު އޮންލައިން