ބްރިޖުގައި ދުއްވާއިރު ހެލްމެޓު އެޅުން ރައްކާތެރި - ބްރިޖުގަ ދުއްވޭ ސްޕީޑަށް ބަދަލު ގެންނަން ޖެހިދާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބްރިޖުގައި ދުއްވާއިރު ހެލްމެޓު އެޅުން ރައްކާތެރި - ބްރިޖުގަ ދުއްވޭ ސްޕީޑަށް ބަދަލު ގެންނަން ޖެހިދާނެ
ޢާންމުންނަށް ދަތުރުކުރަން ބްރިޖު މިއަދު ހުޅުވިގެންދާއިރު ދުއްވޭ އެންމެ ބާރު ސްޕީޑަކީ 60 ކިލޯ މީޓަރެވެ. އެންމެ މަޑުން ދުއްވޭ ސްޕީޑަކީ 25 ކިލޯ މީޓެރެވެ.

މިކަމާއި ގުޅިގެން ޓްރެފިކް ފުލުހުންގެ ބޭކަލަކު މިއަދު ބުނުއްވީ މިއީ ތަޖުރިބާ ކުރަން ކަނޑައަޅާފައިވާ މިންތަކެއް ކަމަށާއި ތަޖުރިބާއަށް ބަލައި މިންތަކަށް ބަދަލު ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"25 ކިލޯމީޓަރު އެއީ ޢާންމުކޮށް ދުއްވަންޖެހޭ އެންމެ ބާރު ސްޕީޑް. އެއީ އެންމެ މަޑުން ބްރިޖުގައި ދުއްވޭނެ މިންކަމަށް ކަނޑައެޅީ މާމަޑުން ދުއްވާނަމަ އެކްސިޑެންޓެއްވުން ކައިރި ކަމަކަށްވާތީ. ބްރިޖު ފަދަ ތަނެއްގައި ދުއްވާއިރު ވާހަކަ ދައްކަން ތިބެގެން މަޑުމަޑުން ދުއްވީމާ އެހެން ވެހިކަލްތަކަށް އުނދަގޫވާނެ. ވީމާ ބްރިޖް ހުރަސްކުރާ ވަގުތު ކުރަންވީ ކަމަކީ ދުއްވުން. އެކަމަށް ސަމާލުކަން ދިނީމާ ހުންނާނީ ރަނގަޅަށް."

މާލޭގައި ވެސް ޢާންމުގޮތެއްގައި މަގުގައި ޖާގަ އޮތްނަމަ ސައިކަލް ދުއްވައި އުޅެވޭ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 25 ކިލޯމީޓރު ކަމަށާއި ވީމާ އެ ސްޕީޑުގައި ދުއްވާނަމަ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިއީ ބްރިޖުގައި ދުއްވުމުގެ ސްޕީޑާއި ބެހޭ ގޮތުން އޭނާ ދީފައިވާ އޭނާގެ ވިސްނުމެވެ.

ބައެއް ޢާންމުން ދެކޭ ގޮތުގައި ބްރިޖުގައި ދުއްވާއިރު ހެލްމެޓް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމަށް ޤާނޫނެއް ނެތް ނަމަވެސް އަމިއްލަ ރައްކައުތެރިކަމަށް ބަލައިގެންވެސް މިއީ ކުރަން ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރޭ ހުޅުވި ރިންގރޯޑުގައި ދުއްވާއިރުވެސް ހެލްމެޓް އެޅުން ބުއްދިވެރިއެވެ. އެއީ ޤަވާއިދާ ޚީލާފަށް ދުއްވާ މީހެއްގެ ސަބަބުން ނަމަވެސް އެކްސިޑެންޓެއް ވެއްޖެނަމަ ވާނެ އަނިޔާއިން ސަލާމަތް ވުމަށް ކަމަށްވެސް ބުނެއެވެ.
މިއަދު އޮންލައިން