ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދައި، އަދި ނުވެސް ހުޅުވާ އޮތް ރަންވޭގައިއެއާ އިންޑިއާގެ AI 263 ބޯޓް މިއަދު ޖެއްސިއިރު ރަންވޭ މަތީގައި ރަސްގެ ޖަހާފައި ހުރި ފޮތިތައް ވެސް ހުންނާނެކަމަށް އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮފިޝަލު ވިދާޅުވީ އާ ރަންވޭ އަށް އެއާ އިންޑިއާގެ އޭ 320ގެ ބޯޓު ޖެއްސި އިރު، ރަންވޭ ސާފުކޮށްފައި އޮތް ނަމަވެސް ރަންވޭ މަތީގައި ރަސްގެ ޖަހާފައި ހުރި ފޮތިތައް ވެސް ހުންނާނެ ކަމަށާއި އަދި އެ ބޯޓު ޖެއްސި އިރު އެއިން ފޮތިގަނޑެއްގައި އަޅައިގެންފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އާ ރަންވޭ ބޭނުން ކުރަން ނުފަށާ ކަމަށާއި ހަދަމުންދާކަންހުރިހާ އެއާލައިނަކަށް ވެސް އަންގާފައިވާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އެ ބޯޓު ދުއްވީ އާ ކެޕްޓަނެއްތޯ ބަލަމުންދާކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ނުހުޅުވާ ރަންވޭ އަށް ބޯޓު ޖެއްސިކަން އެއާ އިންޑިއާގެ އޮފިޝަލަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ކަށަވަރުކޮށްދީފައިވެއެވެ.
އެއާ އިންޑިއާގެ މި ފްލައިޓްކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީން ފުރައިގެން ޓްރިވެންޑްރަމް މަގުން ވެލާނާ އިންޓަނޭޝަނަލް އެޢާޕޯޓަށް އައިސްފައިވާ ފްލައިޓެކެވެ.