ބިރުގަންނަންވީ ކިތަންމެ ގިނަ ނަމާދުތައް ކުރި ނަމަވެސް ތިބާއަކީ ނަމާދު ނުކުރާ މީހެއްކަމަށް ﷲ ކަނޑައަޅުއްވައިފާނެ ކަމާމެދު: ޚުޠުބާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ބިރުގަންނަންވީ ކިތަންމެ ގިނަ ނަމާދުތައް ކުރި ނަމަވެސް ތިބާއަކީ ނަމާދު ނުކުރާ މީހެއްކަމަށް ﷲ ކަނޑައަޅުއްވައިފާނެ ކަމާމެދު: ޚުޠުބާ
ބިރުގަންނަންވީ ދުނިޔޭގައި ހުރިއިރު ކިތަންމެ ގިނަ ނަމާދުތައް ކުރި ނަމަވެސް ތިބާއަކީ ނަމާދު ނުކުރާ މީހެއްކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވައިފާނެ ކަމާމެދުގައެވެ.

އެހެނީ ނަމާދުކުރަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްފުޅުކޮށްދެއްވެވި ގޮތް ނޫން ގޮތްގޮތަށް ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އެފަދަ މީހުންނާއިމެދު ޙުކުމް ކުރައްވަވާނީ ނަމާދު ނުކުރާ މީހެއްގެ ގޮތުގައެވެ.

ނަމާދުކުރާއިރު ޚުޝޫއަތްތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ނަމާދުކުރަންވާނީ މަޑުމައިތިރިކަމާއިއެކުގައެވެ. ލަސްލަހުންނެވެ. ކެތްތެރިކަމާއިއެކުގައެވެ. މަޑުކުރަންޖެހޭ ތަންތަނުގައި މަޑުކުރަމުންނެވެ. އަވަސް އަރުވާލައިގެން ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.

ވަގުންނަކީ ނުވަތަ ވައްކަންކުރާ މީހުންނަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ ބައެއް ނޫނެވެ. އެއްވެސް މީހަކު އެމީހަކީ ވަގެއް ކަމަށް ބުނެވޭކަށް ބޭނުމެއް ނުވާނެއެވެ. މުޖުތަމައުގައިވެސް އެންމެން ވެސް ވައްކަން ކުރާމީހުން ދެކެ ރުޅި އަންނާނެއެވެ. ވައްކަންކުރާ މީހުންނަށް ނަފްރަތުކުރާނެއެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަކީ ވައްކަންކުރާ ކުއްޖަކަށް ވާކަށް ބޭނުމެއް ނޫނެވެ.

އެމީހެއްގެ ކިބައިގައި އެއްވެސް މިންވަރަކަށް ތަޤްވާވެރިކަން ހުރި މީހަކު އެމީހަކީ ވަގަކަށް ވުމަށް ބޭނުމެއް ނޫނެވެ. ވައްކަން ކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ވަގަކީ ކާކުކަން އެނގޭ ހެއްޔެވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އިސްލާމް ދީނުގައި، ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ބޮޑު ވަގަކީ ނަމާދުން ވައްކަންކުރާމީހާއެވެ. ނަމާދުން ވައްކަންކުރާނީ ކިހިނެއްހެއްޔެވެ؟ ނަމާދުން ވައްކަންކުރުމަކީ ރުކޫއު ފުރިހަމައަށް ނުކުރުމެވެ. ސަޖިދަ ފުރިހަމައަށް ނުކުރުމެވެ. "ފުމެމުން ފުމެމުން" ނަމާދު ކުރުމެވެ. މާނައަކީ ނަމާދުކުރަންޖެހޭ ތަންތަނަށް މަޑު ނުކޮށް ނަމާދުކުރުމެވެ. ނަމާދުކުރަންޖެހޭތީ ނަމާދަކަށް ނަމާދެއްކުރުމެވެ.

- އިސްލާމީ މަރުކަޒުގައި ކުރި މިއަދުގެ ޚުޠުބާއިން

ނަމާދުން ވައްކަން ކުރުމުން އެމީހެއްގެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެއެވެ. ނަމަވެސް އެކަމުގެ އަދަބަކަށް އަތް ކެނޑުމެއް ނެތެވެ. ނަމަވެސް މީސްތަކުންގެ މުދަލާއި ފައިސާއިން ވައްކަން ކުރުމުން އަތްކަނޑަންޖެހެއެވެ. އެއީ ތަންފީޒުކުރަންޖެހޭ ޙައްދެކެވެ.
މިއަދު އޮންލައިން