ޝައިޚް ޢަލީ ޒައިދު މިފަދައިން ތްވީޓް ކުރެއްެވެވީ ކޮން ކަމަކާއި ގުޅިގެންކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިދުވަސްވަރު ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކުރުމަށް ދީނީ އިލްމުވެރިންނަށްވެސް އަދި ޢާންމު ރައްޔިތުންނަށް ވެސް މަޖުބޫރުތަކެއް ކުރިމަތިކުރުވަމުން ގެންދާކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް:
"ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފައުޅުވެއްޖެއެވެ. ޝައިޠާނާއަށް ކާފިރުވެ ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިއުމެއް އޭނާއަކަށް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
Islam dheenugai, bodu kaafaraku Islam dheenah vehdhumugai ves, majbooru kameh netheve! bagaraa soorathuge 256 vana aayathugai vanee efadhain vahee kurahvaafa eve! majboorun kuruvey kankamun natheejaa faharugai goasvedhaane eve!
— Ali Zaid (@alizaid1000) September 7, 2018