ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 56ސ
ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މާލެއާއި ހުޅުލެއާއި ދެމެދު ގާއިމް ކޮށްފައިވާ ސިނަމާލެ ބްރިޖުމަތިން ދަތުރު ކުރުން އިއްޔެ ހުޅުވާލާފައިވާއިރު، އެބްރިޖު މަތީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ބްރިޖު މަތިން ދެ ސައިކަލު ޖެހިގެން ރޭ ހިނގި މިއެކްސިޑެންޓުގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ލިބުނު އަނިޔާ ތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ސިނަމާލެ ބްރިޖު މަތީގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ވެސް ރޭގެ ވަގުތެއްގައި ވަނީ އެކްސިޑެން ހިނގައިފައެވެ.

ކާރަކާއި ސައިކަލަކާއި ޖެހި ހިނގި މިއެކްސިޑެންޓާއި ގުޅޭގޮތުން އަދި އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މިދެއެކްސިޑެންޓާއި ގުޅޭ ގޮތުން ވެސް ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސިނަމާލެ ބްރިޖުގައި ދަތުރުކުރުން އިއްޔެ ހުޅުވާލެވިފައިވާއިރު، ގިނަ އަދަދެއްގެ މީހުންވަނީ ބްރިޖު މަތިން ދަތުރު ކޮށްފައެވެ.

ބްރިޖު މަތިން ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދުތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދު އޮންލައިން