މިފަހަރުގެ އިންތިޚާބުގައި ދެއްވާ ވޯޓަކީ ޤައުމުގެ ޙައްޤުގައި ދެއްވާ ވޯޓެއް ކަމުގައި ހައްދަވާ- ރައީސް ޔާމީން

ކިޔުމަށް ހޭދަވާނީ 1މ 20ސ
މިފަހަރުގެ އިންތިޚާބުގައި ދެއްވާ ވޯޓަކީ ޤައުމުގެ ޙައްޤުގައި ދެއްވާ ވޯޓެއް ކަމުގައި ހައްދަވާ- ރައީސް ޔާމީން
މިއީ ސިޔާސީ މޫސުމެއްކަމަށާއި، މި ދުވަސްވަރު އެކި ފަރާތްތަކުން ހަދިޔާ ލިބުނު ނަމަވެސް އެ ހަދިޔާއަށް ނުވަތަ ނުފޫޒަށް ނުހެއްލި މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޤައުމުގެ ޙައްޤުގައި އިޚްލާސްތެރިކަމާއިއެކު ދެއްވާ ވޯޓެއްކަމުގައި ހެއްދެވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލ. މާމެންދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓު އެމަނިކުފާނު ސިފަކުރައްވާފައިވަނީ ޤައުމީ ވޯޓެއްގެ ގޮތުގައި ކަމަށާއި މިވޯޓަކީ އަންނަން އޮތް ޖީލުގެ ހައްޤުގައި ދެވޭ ވޯޓެއްކަމުގައެވެ. މީގެއިތުރުން ވޯޓަކީ އަމާނާތެއްކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ދީން ހިމާޔަތްކުރުމަށާއި، ޤައުމީ ސިފަތައް ހިމާޔަތްކުރުމަށާއި، ޤައުމަށް ހަލަބޮލިކަން ގެނަޔަ ނުދިނުމަށް ރައްޔިތުން އަދާކުރަންޖެގޭ ދައުރާއިމެދު ވިސްނާލުމަށް ވެސް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ސަރުކާރުގައި، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީކަންކަމާ ބެހެންޖެހޭވަރުގެ ކަމެއްނުކުރާކަމަށާއި، މި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަށްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ވިދާޅުވާނެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމުގައި ވިދާޅުވެފައެވެ.
މިއަދު އޮންލައިން