ރައީސް ޔާމީން މާބައިދޫ ބަނދަރު ހުޅުވައި ދެއްވައިފި

ކިޔުމަށް ހޭދަވާނީ 33ސ
ރައީސް ޔާމީން މާބައިދޫ ބަނދަރު ހުޅުވައި ދެއްވައިފި
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހައްދުންމަތީ މާބައިދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު މިއަދު ހުޅުވައިދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު މާބައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކަހާލަ ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ވެސް ފަށްޓަވައިދެއްވައިފައެވެ.
މިއަދު އޮންލައިން