"ޖީއެމްއާރުއަތުން އެއާޕޯޓް އަތުލަން ބޮޑުއަގެއް ދައްކަންޖެހޭނަމަ ޤާސިމަށް އަތުލަން ނުފެންނަކަމަށް ރައީސް ޔާމީން އެ ވިދާޅުވީ ހެދި ބޮޑު ދޮގެއް. ރައީސް އޮފީހުގަ އޮތް ޖަލްސާ ނުފެށެނީސް ޔާމީން ނުކުމެގެންދިއައީ އަދާލަތު ޕާޓީގެ އިމްރާން ކުޑަލަހެއް ވީމާ ޤާސިމް އާ އިމްރާނާ ރައީސް ވަޙީދުއާ ތަސްމީން ތިބެގެން ނަގަން ނިންމީ."
މިއީ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ކުރައްވާފައިވާ ޓްވީޓެކެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ވަޒީރުންގެ މަޖިލީހުން ސަރުކާރުން އެއެޕޯޓް ބޭރުގެ ފަރާތަކަށް ދިނުމަށް މަޝްވަރާކުރަން ބޭއްވި ފުރަތަމަ ޖަލްސާގައި އެސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނަވައި ޤާސިމް އިބްރާހީމް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފައެވެ.
އެއާޕޯޓް ދިނުމުން އެކަމާ ދެކޮޅަށް އެއިރު ހަރަކާތްތެރިވި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިންނާއިއެކު ދަރުބާރުގޭ ފަންސަވީސް މާލަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ ޖޭޕީގެ ފަރާތުން ޤާސިމް އިބްރާހީމް އެވެ. އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޢުމަރު ނަޞީރު އާއި ރީކޯ އިބްރާހީމް ނަޢީމް އާއި އިތުރު ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެހެންކަމުން ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތް ފުތަމަ ދުވަހުން ފެށިގެން ޤާސިމް އިބްރާހީމް ވަނީ ފަށްޓަވައިފައެވެ.