ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާރަންވޭ އަށް ފްލައިޓް ޖެއްސި ޕައިލެޓުން ސަސްޕެންޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 16ސ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާރަންވޭ އަށް ފްލައިޓް ޖެއްސި ޕައިލެޓުން ސަސްޕެންޑު ކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަން ހަދާފައިވާ ރަންވޭއަށް، އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާއެކު "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ފްލައިޓުގެ ޕައިލެޓުން ސަސްޕެންޑު ކޮށްފިއެވެ.

އަލަން ހަދަމުން އަންނަ ރަންވޭ އަކަށް އެބޯޓު ޖެއްސި މައްސަލައަކީ ސީރިއަސް ކަމެއްގެ ގޮތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އިންޑިއާ ގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފައިވެއެވެ. އެގޮތުން އެފްލައިޓުގައި އެވަގުތު ތިބި ދެ ޕައިލެޓުން ވެސް ސަސްޕެންޑުކޮށް ފްލައިން ޑިއުޓީތަކުން އުނި ކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ.

އެއާ އިންޑިއާގެ މުޅިން އާ މަތިންދާބޯޓެއް ކަމަށްވާ އޭ-320 ނިއޯ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި ޖެއްސީ ކީއްވެގެން ކަމެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމަ ކޮށްފައެވެ.
އިންޑިއާގެ އެއް މީޑިއާ ކަމަށްވާ އެންޑީޓީވީ އިން ބުނީ އެރަންވޭގައި ޖެއްސުމުން އެބޯޓުގެ ދެ ފުރޮޅު ފެޅި، ބޯޓުގެ ދުވެލި ހުއްޓުވާ ނިޒާމަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އާ ރަންވޭއިން އެބޯޓު އޭޕްރަންއަށް ގެންދިޔައީ ޓޯ ކޮށްގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އިންޑިއާގެ ބޯޓުގެ މައި ދެ ފުރޮޅު ފެޅި ބްރޭކް ސިސްތަމަށް ގެއްލުންވީ ބޯޓު ޖެއްސީ ނުބައި ރަންވޭއަކަށް ކަމަށް ޓަވަރުން އެންގުމާއެކު ކުއްލިއަކަށް މަޑުކުރަން ހަދައިގެނެވެ.

މިއަދު އޮންލައިން