މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމަށް 3 ކައުސިލަރުން ނުވެއްދި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމަށް 3 ކައުސިލަރުން ނުވެއްދި
ހައްދުންމަތި މާމެންދޫގަައި ޤާއިމުކުރި ނަރުދަމާ ނިޒާމު އިފްތިތާޙް ކޮށްދެއްވަން އެރަށަށް ރައީސް ޔާމީން މިއަދު ވަޑައިގެންނެވި ދަތުރުފުޅުގައި އެމަނިކުފާނު މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމަށް ރަށުގެ 3 ކައުސިލަރުން ވައްދާފައެއް ނުވެއެވެ.

ކައުންސިލަރަކު ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާތަނަށް ވަންނަން ކައުންސިލަރުން ދިނުމުން ހުއްޓުވައި "މިހާރު ތިއަބޭފުޅުންގެ ބައި" ނިމުނީ ކަމަށް އަންގާފައިވާ ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ ރައީސަށް މަރުޙަބާ ދެންނެވުމުގެ އައިޓަމްތަކަށް ސްކޫލް ކުދިން ގެންދިއުމުން އެކުދިންގެ ބެލެނިވެރިންވެސް ކުދިން ގޮވައިގެން ގޮސްތިބި ކަމަށެވެ. އަދި ބައްދަލުކުރެއްވުން ކުރިއަށް ގެންދިއައީ ސްކޫލް ކުދިންނާއި ބެލެނިވެރިންވެސް ވައްދައިގެން ކަމަށެވެ.

"ދަރިވަރުން ވެއްދީމާ ބެލެނިވެރިންނަށް ޖެހުނީ ބައްދަލުވުމަށް ވަންނަން. އިތުރަށް ރައްޔިތުންގެ ބައަކުވެސް ވަން. ނަމަވެސް ގިނައިން ތިބީ އެމްޑީޕީގެ ސަޕޯޓަރުން. އަޅުގަނޑުމެން ރީނދޫ ކުލައިގެ ޓައީއެއް އަޅައިގެން އެމްޑީޕީގެ ބައެއްކަން އެނގޭ ގޮތަށް ތިބީމާ ނުވެއްދީ ކަމަށް ޤަބޫލުކުރެވެނީ."

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސަރުކާރުގެ މަޝްރޫއުުތައް އިފްތިތާޙް ކުރުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ ޚަރަދުކުރައްވައިގެން ރައީސް ޔާމީން ކުރިއަށް ގެންދަވަނީ އަމިއްލަފުޅު ކެންޕޭނު ކަމަށެވެ.

އެކަން ފާހަގަކުރައްވައި ކައުންސިލަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރައްވާނަމަ ރަށުގެ 3 ކައުންސިލަރުން ބައްދަލުވުމުގައި ބައިވެރިކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "އެހެންވީމާ މިއޮތީ ވަރަށް ރަނގަޅަށް އެނގިފަ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އަމިއްލަފުޅު ކެންޕޭނުކަން." ކައިންސިލަރު ވިދާޅުވިއެވެ.
މިއަދު އޮންލައިން