2013 ގަ ވަގު ވޯޓު ކަރުދާސް ބޭނުންކޮށްފައިވާނަމަ ނަތީޖާގެ ޞައްޙަ ކަމާމެދު ސުވާލު އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
2013 ގަ ވަގު ވޯޓު ކަރުދާސް ބޭނުންކޮށްފައިވާނަމަ ނަތީޖާގެ ޞައްޙަ ކަމާމެދު ސުވާލު އުފައްދައިފި
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަގު ވޯޓު ކަރުދާސް ބޭނުންކޮށްފައިވާނަމަ އެ އިންތިޚާބުގެ ނަތީޖާގެ ޞައްޙަ ކަމާއިމެދު ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢީސާ ސުވާލު އުފައްދަވައިފިއެވެ.

އަހްމަދު ޢީޞާ މިއަދު ވިދާޅުވީ މިފަދަ މައުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ 2013 ވަނަ އަހަރު އެގޮތަށް އެޅި ވޯޓު ކަރުދާސް ތަކަކީ ވަރަށް ފެންވަރުދަށް ކަދާސްތަކެއް ކަމަށާއި ގުނިއިރު ވަގުތުން އެ ކަރުދާސްތައް ފާހަގަކުރަން އެނގުނު ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ޞައްޙަ ނޫން، ވޯޓު ކަރުދާސް ޕީޕީއެމުން ޕްރިންޓްކުރުވައިގެން ގެނެސް ބޭނުންކޮށްފާނެ ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަނުން ޗާޕްކުރާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން ފަރާތަކަށް ނުލިބޭނެ ކަމަށާއި އެހެންކަމުން ވަގު ކަރުދާހެއް ޕްރިންޓް ކުރިނަމަވެސް އެކަރުދާހެއްގައި ސެކިރިޓީ ފާހަގަ ނުޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން