އިލެކްޝަންސް ކޮމިޝަނުން ދޭ 2 ލިސްޓް އަޅުވާ ޗެކްކުރުމަކީ ހައްލެއް ނޫން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިލެކްޝަންސް ކޮމިޝަނުން ދޭ 2 ލިސްޓް އަޅުވާ ޗެކްކުރުމަކީ ހައްލެއް ނޫން: މާރިޔާ
އިލެކްޝަންސް ކޮމިޝަނުން ދޭ 2 ވޯޓަރސް ލިސްޓު އަޅުވައި ކިޔުމަކީ އެއްވެސް ޙައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި މައްސަލަ ހައްލުވާނީ އެމްޑީޕީގައި އޮތް ވޯޓަރސް ލިސްޓާއި އިލެކްޝަންސް ކޮމިޝަނުގެ ލިސްޓާއި އަޅުވައި ޗެކުކުރެވިގެން ކަމަށް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކިސްޓްތައް ނެރެނީ މުލީއާގެއިން ދޭ ލިސްޓަކާއި އެއްގޮތަށް ކަމަށް ގިނަ ބައަކު ތުހުމަތުކުރަމުން އަންނައިރު ލިސްޓްތައް އަޅުވައި ބެލުމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށެވެ. "އަޅުގަނޑުމެން ޤަބޫލުކުރަނީ ޕީޕީއެމުން ވެސް ލިސްޓް ޗެކް ކުރަން ބޭނުންވާނެ ކަމަށް. ބޭނުން ނުވާނަމަ އެހައި ބޮޑު އިތުބާރެއް އޮތް ސަބަބާއިމެދު ވަރަށް ގިނަ ސުވާލުތަކެއް އެބަ އުފެދޭ."

މާރިޔާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި އޮތް ލިސްޓް ހިފައިގެން އިލެކްޝަންސް ކޮމިޝަނަށް ވަނަ ނުދީ އެ ކޮމިޝަނުން ފޮނުވާ ލިސްޓް ޗެކު ކުރަން އަދި ސޮއިކުރަން އެންގުމަކީ މައްސަލައެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ލިސްޓްތައް އަޅުވައި ބެލުމަށްފަހު އެއީ ރަނގަޅު ލިސްޓެއްނަމަ ރިޔާސީ ކެންޑިޑޭޓް ލިސްޓުގައި ސޮއިކުރައްވާނެ ކަމަށެވެ.
މިއަދު އޮންލައިން