އައްތަހިއްޔާތުގައި އެއްއިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަންބަރަށް ވެގެންނެއް ނޫން - މުރުތައްދު ނުވޭ: އަލީ ޒާހިރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އައްތަހިއްޔާތުގައި އެއްއިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަންބަރަށް ވެގެންނެއް ނޫން - މުރުތައްދު ނުވޭ: އަލީ ޒާހިރު
ނަމާދުގައި އައްތަހިއްޔާތުގައި އެއް އިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަންބަރަށް ވެގެންނެއް ނޫންކަމަށާއި މުރުތައްދު ނުވުމަށް އަދާލަތުގެ ޕާޓީގެ ނައިބު ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވީ މުސްލިމުން އެމީހުންގެ ނަމާދުގައި އައްތަހިއްޔާތުގައި އެއް އިނގިލި ތެޅުވުމަށް ނިސްބަތްކޮށް ރައީސް ޔާމީނު އެމަނިކުފާނުގެ ކެންޑިޑޭޓު ނަމްބަރާއި ގުޅުވައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ޔާމީން ކިތަންމެ ވަރަކަށް ބުންޏަސް ﷲ ގެ އެއްކައުވަންތަ ކަމުގައި އެހެން ފަރާތެއް ބައިވެރި ނުކުރާނަން. އައްތަހިއްޔާތުގައި އެއް އިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަންބަރަށް ވެގެންނެއް ނޫން. މުރުތައްދު ނުވޭ." އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެމަނިކުފާނުގެ ކެންޑީޑޭޓު ނަމްބަރު 1 އާއި މުސްލިމުން އެމީހުންގެ ނަމާދުގައި އައްތަހިއްޔާތުގައި އިނގިލިތެޅުވުމާއި ގުޅުވައި ވިދާޅުވީ، އަައްތަހިއްޔާތުގައިވެސް ތަޅުވަނީ ދެ އިނގިލި ނޫންކަމަށާއި އެއް އިނގިލި ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ދޭއް އަންނާނީ އެކަކަށްފަހު ދެއްތޯ. އެކެއް އެއީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވަންޏާ أشهدُ أنْ لا إلهَ ކިޔަނީވެސް އެއް އިނގިލި ތަޅުވަމުން އައްތަހިޔާތުގައި. ދެ އިނގިއްޔެއް ނުތަޅުވަން އަޅުގަނޑުމެންނެއް. ދެ އިނގިލިން ތަޅުވާނެކަމެއް ނެތް." ހިނިފުޅުވަޑުވަމުން ޖަލްސާގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެކި ހަފްލާތަކާއި ބައްދަލުވުންތަކުގައި ރައީސް ޔާމީނު ވަނީ އިސްލާމްދީނުގެ އަސްލުތަކާއި މާތްﷲގެ އެއްކައުވަންތަކަމާއި އަދި އެކަލާނގެ ބާވައިލެއްވި ޝަރީއަތާއި ޚިލާފު ވާހަކަފުޅުތައް ދައްކަވާފައިވާތީ އެކަމާއި ގުޅިގެންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.



މިއަދު އޮންލައިން