އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓާސް ލިޓުގައި ސޮއިކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 58ސ
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓާސް ލިޓުގައި ސޮއިކުރަން ފަށައިފި
23 ސެޕްޓެމްބަރު ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސް ވެރިންގެން ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިއަދު ވޯޓާސް ލޮސްޓުގައި ސޮއިކުރަން ފަށާފައިވާ ކަމަށެވެ. އަދި ލިސްޓުގައި ސޮއިކުރުމުގެ ކަންތައް އެވެސް މައްސަލައެއް ކުރިމަތިނުވެ ކުރިއަށް ދާކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަރީފު ވިދާޅުވީ ކެނޑިޑޭޓުންގެ އެދުމުގެ މަތިން ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދިން ކަމުގައިއެވެ. އެގޮތުން މިއަދު ހެންދުނު 9:00 ފެށިގެން އަން ބުދަ (12 ސެޕްޓެމްބަރ) އިރު އޮއްސުމާއި ހަމައަށް، 24 ގަޑިއިރުގައި އެމަސައްކަތް ކިރިއަށް ގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ ލިސްޓްގައި ސޮއިކުރުމަށް ކޮންމެ ކެނޑިޑޭޓެއްގެ ފަރާރުން 25 މަންދޫބުންނަށް ފުރުސަތު ދީފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ވޯޓްލާ މަރުކަޒު ތަކުގައި ބޭނުން ކުރަނީ ހަމަ އެކަނި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރައްވާފައިވާ ލޮސްޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިއަދު އޮންލައިން