ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 5ސ
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅަނީ
މަސައްކަތު ވިސާގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުންނާއި ރާއްޖޭއަށް ޒިޔާރަތް ކުރުމަށް އައިސްފައިވާ ބިދޭސީން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެއްޖެނަމަ އެކަމާމެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިއްޔެ އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ބިދޭސީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމަކީ ވިސާ ދޫކުރުމުގެ ޝަރުތުތަކާއި ހިލާފުވުން ކަމުގައިއެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރި ވެއްޖެނަމަ ފިޔަވަޅުއަޅާނެކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން ބިދޭސީންގެ ތެރެއިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަން ވިސްނާ ކަމުގައި ވާނަމަ ވިސާ ކެންސަލް ކޮށް ރާއްޖެއިން ފުރުވާލާނެ ކަމަށް އިމިގްރޭޝަނުން ވަނީ އިންޒާރު ދީފައެވެ.

އެގޮތުން ބިދޭސީ މުވައްޒަފުންނަށް ސިޔާސީހަރަކާތް ތަކުގައި ބައިވެވުމަށް މަޖުބޫރުކުރާ ވަޒީފާ ދިން ފަރާތާއި މެދުވެސް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


މޯލްޑިވްސް އިމިގްރޭޝަނުން މިހެން ބުނެފައިވި ނަމަަވެސް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ހުޅުމާލޭގައި ބާއްވާ ހާއްސަ ޖަލްސާއަށް ޖަލްސާ ބާއްވާ ތަން ތައްޔާރު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯރަޕޭޝަން(އެޗްޑީސީ)ގެ ބިދޭސީ މުވައްޒަފުންނާއި ވަސީލަތްތައް ދަނީ ބޭނުން ކުރަމުންނެވެ.
މިއަދު އޮންލައިން